ރަށްރަށުގެ ސާމްޕަލްތައް މެޑިފްލެކްސްއިން ހިލޭ ހަދާދެނީ

2 މެއި 2021 - 13:41

އަތޮޅު ތެރެއިން ކޯވިޑް19 އަށް ޓެސްޓް ކުރުމަށް ނަގާ ސާމްޕަލްތަކުގެ ޕީސީއާރު ޓެސްޓް މެޑިފްލެކްސް އިން ހިލޭ ހަދައިދޭން ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓް ސަޕްލައި ކުރާ މެޑްޓެކް މޯލްޑިވްސްގެ ދަށުން ހިންގާ މެޑިފްލެކްސް އިން ބުނީ، އަތޮޅު ތެރޭން ޓެސްޓް ކުރަން މާލެ އަށް ފޮނުވާ ސާމްޕަލްތައް ހިލޭ ޓެސްޓް ކޮށްދޭން ފެށީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

advertisement

އެގޮތުން ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލުގައި ޑަބްލިއުއެޗްއޯގެ އެހީގައި ކޮވިޑް ޓެސްޓް ކުރުމަށް ބަހައްޓާފައި ހުރި ޖީން އެކްސްޕާޓް މެޝިން ހަލާކުވެފައި ހުރުމުން، އެ ހޮސްޕިޓަލުން އެދުމުން އެ ރަށުގެ ބައެއް ސާމްޕަލްތައް މިހާރު ވަނީ މެޑިފްލެކްސް ލެބުގައި ހުރި ޖީން އެކްސްޕާޓް މެޝިނުން ހިލޭ ޓެސްޓް ކޮށްދީފަ އެވެ.

ޕީސީއާރު ޓެސްޓް ކުރުމަށް އާންމުކޮށް ބޭނުންކުރާ މެޝިނުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް ޖީން އެކްސްޕާޓުން ޓެސްޓް ކުރުމުން ނަތީޖާ ލިބުނު ނަމަވެސް، ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން ޓެސްޓް ކުރުމަށް އެ މެޝިން ބޭނުން ކުރުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައި ނުވާ ކަމަށް، އެ މެޝިނު އުފައްދާ އެމެރިކާގެ މަޝްހޫރު ސެފައިޑް ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް އެޖެންޓް ކަމަށްވާ މެޑްޓެކުން ބުނެ އެވެ.

މެޑްފްލެކްސް އިން ބުނީ އަތޮޅުތެރޭގެ ސާމްޕަލްތަކުގެ އިތުރުން ހޮސްޕިޓަލު ތަކުން އެދިއްޖެ ހާލަތެއްގައި، އެ ކުންފުނީގެ ސީއެސްއާރު ޕޮލިސީގައިވާ އުސޫލުތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕީސީއާރު ޓެސްޓް ހެދުމުގެ ހިދުމަތް ދެމުން އަންނަ މެޑިފްލެކްސް އިން ވަނީ އާންމުންނަށް ޓެސްޓް ކޮށްދޭ އަގު ވެސް ބޮޑުތަނުން ހެޔޮކޮށްފަ އެވެ. އެގޮތުން އެ ލެބަށް ގޮސްގެން ޕީސީއާރު ޓެސްޓް ހަދާ އެންމެނަށް 700 ރުފިޔާ އަށް ޓެސްޓް ހަދައިދޭނެ އެވެ.

ހެލްތު މިނިސްޓްރީގެ ހުއްދަ އާ އެކު ހިންގަމުން އަންނަ މެޑިފްލެކްސް ލެބޯޓަރީ ހުންނާނީ ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕީޓަލް ކުރިމައްޗަށްވާ ގޮތަށް، މ. ކޮޓޭޖްގެ ގްރައުންޑް ފްލޯގަ އެވެ. ލެބޯޓަރީ 24 ގަޑިއިރަށް ހުޅުވާފައި ހުންނާނެ ކަމަށް މެޑިފްލެކްސް އިން ބުނެ އެވެ.

އާއްމު ރައްޔިތުންނާއި ފަތުރުވެރި ކަމުގެ ސިނާޔަތަށް ވެސް ހުޅުވާލެވިފައިވާ މެޑްފްލެކްސް އިން ޓެސްޓް ހަދާތާ ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެކްސްޕްރެސް ހިދުމަތް ހޯދާ ނަމަ، އިތުރު ޗާޖަކާއި އެކު ގިނަވެގެން ހަ ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭގޮތަށް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް މެޑްފްލެކްސް އިން ބުނެ އެވެ.

މެޑިފްލެކްސް އިން ބުނީ ފަތުރުވެރިންގެ ސާމްޕަލް ފޮނުވުމުން މާލެ އާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓުން ސާމްޕަލްތަކާއި ހަވާލުވާނެ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ކަސްޓަމަރު ބޭނުންވާނަމަ އީމެއިލް ކޮށްދޭނެ ކަމަށް މެޑްފްލެކްސް އިން ބުނެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ، 3308020 އަށް ގުޅުމުން ނުވަތަ info@mediflex.mv އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި މެޑިފްލެކްސްގެ ވެބްސައިޓް، www.mediflex.mv އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0