ކޮވިޑް19 ގެ ޙާލަތުގައި އައިކެއަރގެ ހިދުމަތްތައް

30 މެއި 2021 - 10:51

ކޮވިޑް19 ގެ އުނދަގޫ މިޙާލަތުގައި އައިކެއަރގެ ހުރިހާ ޚިދުމަތެއްވެސް ކުރިއެކޭ އެއްފަދައިން ކަސްޓަމަރުންނަށް ދަތިނުވާނޭ ގޮތަކަށް އައިކެއަރ އިން ދަނީ ގެންދަމުންނެވެ. ނަމަވެސް ހޮސްޕިޓަލަށް ދުރުވެ، ފަރުވާހޯދުމަށް ދަތިވާ ފަރާތްތަކަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިއްބެވި މި ހޮސްޕިޓަލުގެ ފަރުވާ ބޭނުންފުޅުވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު އައިކެއަރ ހޮސްޕިޓަލުގެ ތަޖުރިބާކާރު
ޑޮކްޓަރުންގެ ފަރުވާ އޮންލައިންކޮށް ލިބިގަތުމަށް އައިކެއަރގެ އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ޚިޔާރުކުރެއްވޭނެއެވެ. ވޭތުވެދިޔަ އަހަރުން ފެށިގެން އައިކެއަރ ހޮސްޕިޓަލުގެ އެހެނިހެން ޚިދުމަތްތަކާއިއެކު އަޅުގަނޑުމެން މިދަނީ އޮންލައިން ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އައިކެއަރގެ އަމާޒަކީ ކޯވިޑް19 ގެ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންނަށް ލޮލުގެ އެކި ފަރުވާ ހޯދުމުގައި ދަތިނުވެ ޑޮކްޓަރަށް ދެއްކުމުގެ ފަސޭހަ މަގު ހަމަޖައްސައިދިނުމެވެ.

އައިކެއަރ ހޮސްޕިޓަލް މެދުވެރިކޮށް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ބުކް ކުރެއްވުމަށް 3321026 އަށް ގުޅައިގެން ނުވަތަ 7201026 އަށް ވައިބަރ ކުރެވޭނެއެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމާއިއެކު ކޮންސަލްޓޭޝަން މެމޯއެއް ލިބިވަޑައިގަންނަވާނެއެވެ.

advertisement

އައިކެއަރ ހޮސްޕިޓަލުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން ކުރިއަށްދާނީ ހެނދުނު 9 ން ރޭގަނޑު 9 ށެވެ.

2003 ވަނަ އަހަރު ލޮލުގެ ބަލިތަކާއި ބެހޭ އެކިއެކި ފަރުވާދިނުމަށް އުފެދުނު އައިކެއަރ އަކީ މިއަދު ލޮލުގެ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ޔަޤީންކަންބޮޑު ކުންފުންޏެވެ. އަދި މިއީ ލޮލާއިގުޅޭ އެންމެ ފުރިހަމަ ގިނަ ޚިދުމަތް ތައް ރާއްޖޭގައި ފޯރުކޮށްދޭންފެށި ފުރަތަމަ ކުންފުނިވެސް މެއެވެ. އޭގެތެރޭގައި ނަންބަރު އައިނާއި، އެކި ބްރޭންޑްތަކުގެ ކޮލެޓީ އަވިއައިނާއި، ކޮންޓެކްޓް ލެންސްއާއި، ލޮލާއި ގުޅުންހުރި އެހެނިހެން ޚިދުމަތްތައް އައިކެއަރ އިން ދެމުންގެންދާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0