އަންހެނުން ބާރުވެރިކުރުވުމަށް ޖަމިއްޔާތަކުން ހިންގާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެނީ

7 ޖޫން 2021 - 12:19

ރާއްޖޭގައި ހިންގާ ކުދި އޮގަނައިޒޭޝަންތަކުން ކުރިއަށްގެންދާ ކަންކަމަށް މާލީ އެހީތެރިކަމަށްއެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނީ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ޖަމިއްޔާތަކުން ކުރާ މަސައްކަތައް އެހީއަށްއެދި ޕްރޮޕޯސަލް ހުށައެޅޭނެކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ އޮސްޓްރޭލިއަން އެއިޑްއާއި، ޖަޕާންއާއި އަދި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ހައްޤުތަކަށް ވަކާލާތުކުރުމާއި، މުޖްތަމައުގައާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ކަންކަމަށް އެހީތެރިކަމަށް އެދި ހުށައެޅޭނެއެވެ.

ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 1600 އެވެ. ޕްރޮޕޯސަލްތައް ހުށައަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް junaina.faisal@undp.org އަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0