ދިވެހިންނަށް އ.ދ ގެ އައި.ޕީ.ސީ.ސީ ރިޕޯޓް މުހިންމުވަނީ ކީތްވެ؟

16 އޯގަސްޓް 2021 - 13:35

އ.ދ ގެ އައި.ޕީ.ސީ.ސީ އިން ހޯމަ ދުވަހު ނެރުނު 6 ވަނަ ރިޕޯޓުގައި ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނުންގެ އަމަލުތަކުން ކުރިމަތިވާ ކަންތައްތަކެއްކަން “ޝައްކެއްނެތް” މިންވަރަށް ސާބިތުވާކަމަށް ސައިންޓިސްޓުން ވަނީ ބުނެފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ 5 ހާލަތުގައިވެސް، 2040 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ އެވްރެޖު ފިނިހޫނުމިން ޕްރީ އިންޑަސްޓްރިއަލް ޒަމާނަށްވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިވާނެއެވެ. މިއީ ’ޕެރިސް ކްލައިމެޓް އެގްރީމަންޓު’ ގައި ކަނޑައަޅާފައިވާ ޓާގެޓަށްވުރެ މަތީ ފިނިހޫނުމިނެކެވެ. ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ޚާއްސަކޮށް ރާއްޖޭ ދިރިހުރުމާއި ނުހުރުން މޫސުމަށް އަންނަ ބަދަލުތަކަށް ގުޅިފައިވުމުގެ ސަބަބުން މިއީ ރާއްޖެއަށް ނުހަނު މުހިންމު ރިޕޯޓެކެވެ.

ރިޕޯޓުން ދައްކާގޮތުން 1901-1971 ދޭތެރޭ ކަނޑުގެ ލޮނުގަނޑު އުފުލިފައި ވަނީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 1.3 މިލިމީޓަރަށެވެ. 2006 އިން 2018 ވަނަ އަހަރާއި ދޭތެރޭ މިއަދަދު ވަނީ 3.7 މިލިމީޓަރަށް އިތުރުވެފައި. މިކަމުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތައް އިތުރުވާނެއެވެ.

advertisement

ކުރިން ކޮންމެ ދިހަ އަހަރަކުން އެއް ފަހަރު ނުވަތަ ކޮންމެ 50 އަހަރަކުން އެއް ފަހަރުދިމާވާ މޫސުމީ ކާރިސާތައްކަމުގައިވާ ހޫނުގަދަވުން، ގަދަ ވިއްސާރަގަނޑު، ފެންބޮޑުވުން ފަދަ ކަންކަން އާންމުވެ އޭގެން ކުރާ އަސަރު އިތުރުވާނެއެވެ.

ރާއްޖެއަށް ދިމާވާ ގުދުރަތީ އަދި މޫސުމީ ކާރިސާތަކުން އަހަރުމެންގެ ރަށްތައް ސަލާމަތް ކޮށްދިނުމަށް އެންމެ ބޮޑު ރޯލެއްއަދާކުރަނީ އަހަރުމެންގެ ރަށްތައް ވަށައިގެންވާ ފަރުތަކާއި، ކުޅިފާޗަސްބިންތައް އަދި މޫދުވިނަ ސަރަހައްދުތަކެވެ. މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށް އަހަރުމެންނަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ މިފަދަ ތަންތަން ރައްކާތެރިކޮށް ބަލަހައްޓައި, ހިމާޔަތްކޮށް، އަދި މިތަންތަނުގެ މާހައުލީ ނިޒާމަށް ކުރާ އަސަރުތައް ކުޑަކުރުމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0