ރާއްޖޭގައި ކޮލެޖް ޔުނިވަރސިޓީ ތައުލީމް ފުރިހަމަކޮށްފައިވަނީ %12 ޒުވާނުން

16 އޯގަސްޓް 2021 - 14:00

ރާއްޖޭގައި ކޮލެޖް ޔުނިވަރސިޓީ ނިންމާ ޒުވާނުންގެ އަދަދަކީ %12 ކަމަށް މޯލްޑިވްސް ސްޓެޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން އެ ބިއުރޯއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ތައުލީމު ހާސިލްކުރާ ޒުވާނުންގެ ނިސްބަތް އެންމެ މަތީ ސެކަންޑްރީ އަދި ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ. 2019 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން ސެކަންޑްރީ އަދި ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ފުރިހަމަކޮށްފައިވަނީ %77 ޒުވާނުންނެވެ. މީގެތެރެއިން ކުލެޖް ޔުނިވަރސިޓީތަކަށް ގޮސްފައިވަނީ މަދު އަދަދެއްގެ ޒުވާނުންނެވެ. އެއީ %12 އެވެ. އެއްވެސް ވަރަކަށް ތައުލީމު ހާސިލްނުކުރާ ޒުވާނުންގެ ނިސްބަތަކީ %2 ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

advertisement

ޒުވާނުންގެ ތެރެއިން %97 ފިރެހެނުންނަށް މާދަރީ ބަހުން ވާހަކަދައްކަން އިނގެއެވެ. އަދި %99 އަންހެނުންނަށް މާދަރީ ބަހުން ވާހަކަދައްކަން އިނގެއެވެ. ފިރެހެން ކުދިންގެ އާބާދީގެ ތެރެއިން %91 މީހުންނަށް އިނގިރޭސިބަސް އިނގޭއިރު %95 އަންހެންކުދިންނަށް އިނގިރޭސިބަސް އިނގޭކަމަށް ތަފާސްހިސާބުން ދައްކައެވެ.

ރާއްޖޭގައި ޒުވާނެއްކަމަށް ކަނޑައަޅާ އުމުރަކީ 18 އަހަރާއި 35 އަހަރާއި ދެމެދެވެ. އަދި ދުނިޔޭގައި ޒުވާނެއްކަމަށް ކަނޑައަޅާ އުމުރަކީ 15 އަހަރާއި 24 އަހަރާއި ދެމެދެވެ. މިގޮތުން ބަލާއިރު ރާއްޖޭގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ އާބާދީއަކީ 257،215 އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0