ކޯވިޑްގެ އައު ރާޅެއް އަންނަމަހު އައިސްދާނެ – ދިރާސާ

23 އޯގަސްޓް 2021 - 14:33

ކޯވިޑްގެ އައު ރާޅެއް ސެޕްޓެމްބަރ މަހު އަންނާނެކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

މޯލްޑިވްސް އޮޕީނިއަން ނެޓްވޯކްއިން ވަނީ ކޯވިޑްގެ އިތުރު ރާއްޅެއް ރާއްޖެ އައިސްދާނެތޯ އާންމުންގެ މެދުގައި ހިޔާލު ހޯދުމުގެ ސަރވޭއެއް ކޮށްފައެވެ. މި ސަރވޭގައި ބައިވެރިވި %50 މީހުން ބުނެފައިވަނީ އަންނަ މަހު ކޯވިޑްގެ އިތުރު ރާޅެއް ރާއްޖެއަށް އަންނާނެކަމަށެވެ. %16.67 މީހުން ބުނެފައިވަނީ މިމަހު އިތުރު ރާޅެއް އަންނާނެކަމަށެވެ.

advertisement

އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ރާޅެއް އަންނާނެކަމަށް ބުނެފައިވަނީ %16.67 މީހުންނެވެ. %16.67 މީހުން ޤަބޫލުކުރާ ގޮތުގައި ކޯވިޑްގެ އިތުރު ރާޅެއް ދެން ނާންނާނެއެވެ. އަންނަ މަހުގެ ތެރޭގައި އިތުރު ރާޅެއް އަންނާނެކަމަށް ޤަބޫލުކުރާ މީހުންގެ އަދަދު އިތުރުވި ސަބަބެއްކަމަށް ބެލެވެނީ ޖުލައި މަހުގެ ތެރޭގައި އީދު ބަންސާއި ދިމާކޮށް ބޮޑު ލުއިތަކެއްދީ ގިނަ އަދަދެއްގެ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމެވެ.

ރާއްޖޭގައި މިހަރު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 79،959 މީހުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދަކީ 95 އެކެވެ. ކޯވިޑް ވެކްސިންގެ 2 ޑޯޒް ރާއްޖެއިން ފުރިހަމަކޮށްފައިވަނީ 299،077 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 368،148 އެވެ.

ރިއެކްޝަންސް
0
1
0
0
4
1
1