ރާއްޖެ އެތެރެކުރާ މޮޓޯސައިކަލްތަކުގެ އަދަދު ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި 2 ގުނައަށް އިތުރު

26 ސެޕްޓެމްބަރ 2021 - 16:28

ރާއްޖެ އެތެރެކުރާ މޮޓޯސައިކަލްތަކުގެ އަދަދު ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި 2 ގުނައަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ސްޓެޓިކްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާގޮތުން 2010 ވަނަ އަހަރު ރާއްޖެ އެތެރެކޮށްފައިވަނީ 38010 މޮޓޯ ސައިކަލެވެ. އަދި 2011 ވަނަ އަހަރު 41662 މޮޓޯސައިކަލު ވަނީ ރާއްޖެ އެތެރެކޮށްފައެވެ. 2012 ވަނަ އަހަރު 45499 މޮޓޯސައިކަލް އެތެރެކޮށްފައިވާއިރު 2013 ވަނަ އަހަރު 29،819 އަދި 2014 ވަނަ އަހަރު 55،552 މޮޓޯސައިކަލް އަދި 2015 ވަނަ އަހަރު 65،520 މޮޓޯސައިކަލު ރާއްޖެ އެތެރެކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

2016 ވަނަ އަހަރު 73،301 ސައިކަލު 2017 ވަނަ އަހަރު 80،859 ސައިކަލު 2018 ވަނަ އަހަރު 89،897 ސައިކަލު ރާއްޖެ ވަނީ އެތެރެކޮށްފައެވެ.

advertisement

މޮޓޯސައިކަލުގެ އިތުރުން ރާއްޖެއަށް ކާރު އެތެރެކުރާ މިންވަރުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކާރު އެތެރެކޮށްފައިވާ މިންވަރަށް ބަލާލާއިރު:

2010 – 3030 ކާރު

2011 – 3180 ކާރު

2012 – 3385 ކާރު

2013 – 3659 ކާރު

2014 – 4163 ކާރު

2015 – 4931 ކާރު

2016 – 5411 ކާރު

2017 – 5823 ކާރު

2018 – 6325 ކާރު

މާލެ ސަރަހައްދަށް އެކަނި ބަލާލިނަވެސް ގިނަ އަދަދެއްގެ ވެހިކަލް އަންނަނީ ބޭނުންކުރަމުންނެވެ. ވެހިކަލްތައް ގިނަވުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށްވެސް ވަނީ އުނދަގޫވެފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0