ކުޑަކުދިންގެ ބަގީޗާގެ ބޭނުން ނުހިފޭ

14 އޮކްޓޯބަރ 2021 - 16:14

މާލެފަދަ ތޮއްޖެހިފައިވާ ތަނެއްގައި އުޅެންޖެހިފައިވުމުގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން ދިރިއުޅުމަށް ވެރިވެއެވެ. ޙާއްސަކޮށް ކޯވިޑް19 އާއިއެކު ގެއިން ބޭރަށް ނުދެވި ގޭގައި ބަންދުވެގެން ތިބެންޖެހުމުގެ ސަބަބުން ހާސްކަން ވަރަށް ބޮޑަށްވެސް ވެރިވިއެވެ. ނަމަވެސް މިހާރު އައު އާންމު ހާލަތަކަށް މިވަނީ އާދެވެން ފަށާފައެވެ. ގެއިންބޭރަށްގޮސް ސްކޫލްތަކާއި އޮފީސްތައް މިވަނީ ހުޅުވިފައެވެ.

ބޮޑެތިމީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށްވެސް މި ހާސްކަން ވެރިވެއެވެ. ބައެއް ފަހަރު ބުނެދޭން ނޭންގުނު ނަމަވެސް އެކުދިންގެ އުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް މިކަން ދެނެގަނެވޭނެއެވެ. މާބޮޑަށް ރުޅިގަދަވުމާއި އުޅުމަށް ބަދަލުއައުން ހިމެނެއެވެ.

advertisement

މިހާސްކަން ނައްތާލުމަށް ކުޑަކުދިން ގޮވައިގެން އާންމުގޮތެއްގައި ކުޑަކުދިން ގޮވައިގެން ދެވޭނެ ތަނަކަށް އޮންނަނީ ޕާކުތަކެވެ. ނަމަވެސް ހިތާމައަކީ މިތަންތަނަކީވެސް އަބަދު ހުޅުވާފައި ހުންނަ ތަންތަނަށްނުވުމެވެ.

އާންމުގޮތެއްގައި ޕާކުތައް ހުޅުވާފައި ހުންނަނީ ވަކި ދުވަހެއްގެ ވަކި ވަގުތެއްގައެވެ. މީގެ ސަބަބުން ބައެއް ބެލެނިވެރިންގެ ޝަކުވާވެސް ކުރެއެވެ. ސަބަބަކީ މިތަންތަނަކީ ކޮންމެ ވަގުތެއްގައިވެސް ކުޑަކުދިން ގޮވައިގެން ވަދެވޭފަދަ ގޮތަކަށް ހުންނަންޖެހޭ ތަންތަން ކަމަށްވުމެވެ. ސަބަބަކީ އެކިކުދިން ޕާކަށް ދާހިތްވާނީ އެކި ވަގުތުގައެވެ. އަދި ދިރިއުޅުމުގެ ކަންކަން ރޭވިފައިވާގޮތުން އެކި ކުދިންނަށް ޕާކުތަކަށްގޮސް ހިތްއުފާކޮށްލެވޭނީ ވަކި ވަގުތުތަކެއްގައެވެ. މީގެއިތުރުން ބައެއް ބެލެނިވެރިންގެ މަސައްކަތް ބައްޓަން ވެފައިވާ ގޮތުންވެސް އާއިލާއާއިއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު އެކި މީހުންނަށް ލިބޭނީ ދުވަހުގެ އެކި ވަގުތުގައެވެ.

ނަމަވެސް އާންމުގޮތެއްގައި އަހަރެމެންނަށް ފެނިގެންދަނީ ޕާކުތައް ހަވީރުގެ ވަކި ވަގުތެއްގައި ހުޅުވާފައި ހުންނަ ތަނެވެ. މިމައްސަލައާއި މެދު ވަރަށް ގިނަ ބެލެނިވެރިންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ކޯވިޑް19 އަށްފަހު އައު އާންމު ހާލަތައް އަންނަން ފަށާފައިވާއިރު ކޯވިޑާއިއެކު ލިބުނު ހާސްކަމުން މަޑުމަޑުން ކުޑަކުދިންވެސް އަންނަނީ އަރައިގަންނަމުންނެވެ. އެހެންކަމުން ޕާކުތަކާއި މައިޒާންތަކަކީ  ކޮންމެ ވަގުތެއްގައިވެސް އެކުދިންނަށް ވަދެވޭނެގޮތައް އިންތިޒާމްތައް ހަމަޖެހިފައި ހުންނަ ތަނަކަށްވާންޖެހެއެވެ.

ރިއެކްޝަންސް
1
2
3
0
0
1
1