ނުނިދޭ ބަލި (އިންސޯމްނިއާ) އާންމުކޮށް ޖެހެނީ ކޮންބަޔަކަށް؟
16 އޮކްޓޯބަރ 2021 - 16:44
ގިނަ ސައިންސްވެރިން އެއްބަސްވާ ގޮތުގައި އިންސޯމްނިއާ، ނުވަތަ ނިދަން އުނދަގޫވުން އަދި ނިދި ހަމަނުވާފަދަ ކަން ކަން ވުމަކީ ބައްޔެކެވެ. ދިރިއުޅުމުގައި ކަންކަމާ ސްޓްރެސްވާނަމަ ގިނަ މީހުންނަށް ނިދަން އުނދަގޫވާގޮތް ވެއެވެ. ނަމަވެސް މިކަމާ އިންސޯމްނިއާއޭ މިކިޔާ ބަލީގައި ހުރި ތަފާތަކީ، އިންސޯމްނިއާ ހުންނަ މީހުން ދިރިއުޅުމުގައި ހުންނަ ސްޓްރެސް ފިލާ ދިޔުމުންވެސް ނިދުމަށް އުނދަގޫވުމެވެ.
“ދިރިއުޅުމުގެ ތަކުލީފާއި ހެދި ނުނިދޭ މީހުންގެ 85 އިންސައްތް މީހުންގެ ދިރިއުޅުމުގެ މައްސަލަތައް ހައްލުވުމުން، އެމީހުންގެ ނިދުން ނޯމަލްވޭ،” ނިއުރޯސައިންސް ޕްރޮފެސަރު ޝޯން ޑްރަމޮންޑް ވިދާޅުވި އެވެ. “ނަމަވެސް، ގާތްގަނޑަކަށް 15 އިންސައްތަ މީހުންގެ ނިދުން ނޯމަލްއެއް ނުވޭ. މި މީހުންނަކީ ކްރޯނިކް އިންސޯމްނިއާ ހުންނަ މީހުން.”
އަދި ހަމަ އެހެންމެ މި ބަލި ހުންނަ މީހުން ނިދި ހަމަ ކުރުމަށްޓަކާ އަވަހަށް ނިދަން އޯށޯވެތުމާ، ހެނދުނު ގަޑީ ނެޕް ނެގުމާ، ކެފެއިން ހުންނަ ބުއިންތައް އިތުރުކުރުމާ، ނިދަން އޮށޯންނަ ވަގުތު ފޯނާ ކުޅުމާއި، އަދި ގިނައިން އިށީންދެ އިނދެގެން ކުރާ މަސައްކަތް ކުރުން ހިމެނެއެވެ.
މިބަލި ޖެހެނީ އާންމުކޮށް ކޮންބަޔަކަށް ކަން ސައިންވެރިން އަދިވެސް ދަނީ ހޯދަމުންނެވެ. ޑޮކްޓަރު ޖަންޖް އަދި ޕްރޮފެސަރު ޝޯން ޑްރަމޮންޑް އެއްބަސްވާ ގޮތުގައި އެންޒައިޓީ ހުންނަ މީހުންނަށް އިންސޯމްނިއާ ޖެހުން ރިސްކް ބޮޑެވެ.
އަދި ހަމަ އެހެންމެ ގިނަ ވަގުތު މަސައްކަތް ކުރާ “ވޯކަހޯލިކް” މީހުން ނުވަތަ “ޓައިޕް އޭ ޕާސަނަލިޓީ” ހުންނަ މީހުންވެސް އިންސޯމްނިއާގެ ރިސްކް ބޮޑެވެ.