ސޯޝަލް އެންޒައިޓީގެ އަސަރު މަދުކުރުމަށް ކުރެވިދާނެ ކަންކަން

20 އޮކްޓޯބަރ 2021 - 9:00

ކަންކަމާއި ބިރުގަނެ ހާސްވުމަކީ އިންސާނާގެ ތަބީއީ ކަމެކެވެ. ބައެއް ފަހަރު އައު ކަމެއް ކުރަންއުޅޭއިރު، އުޅޭތަންނޫން އެހެންތަނަކަށް ބަދަލުވާއިރު، އައު މީހުންނަށް ބައްދަލުވާއިރު، ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަދައްކަންޖެހުން ފަދަ ކަމަކާއި ކުރިމަތިލާއިރު މީހާއަށް ހާސްވުމާއި ކުރިމަތިލާންޖެހެއެވެ.

ސޯސަލް އެންޒައިޓީ ހުންނަ މީހުން އެހެންމީހުންނާއި ކުރިމަތިލާއިރު ހާސްވުމާއި ކުރިމަތިވެއެވެ. ސޯސަލް އެންޒައިޓީއަކީ ލަދުގަތުމާއި، ހިތްނުތަނަވަސްވުމަށްވުރެ ސީރިއަސްކަމެކެވެ. އެމެރިކަން ސައިކިއޭޓިކް އެސޯސިއޭޝަނުން ބުނެފައިވަނީ އެންޒައިޓީ ޑިސްއޯޑަރއަކީ މެންޓަލް މައްސަލައެއްކަމަށެވެ. މިއީ ރަހުމަތްތެރިން ހޯދުމަށްވެސް މީހުންނަށް އުނދަގޫވާކަމެކެވެ.

advertisement

ސޯސަލް އެންޒައިޓީއާއި ކުރިމަތިލާންޖެހިދާނެ ހާލަތްތައް:

  • ވަޒީފާއަށް އިންޓަވިއުއަކަށއ ދިއުން
  • ވަޒީފާގެ މާހައުލުގައި ސްޕަވައިޒަރާއި ވާހަކަދައްކަން ޖެހުން
  • އަވަށްޓެރިންނަށް ބިރުވެރިކަމެއްގެ މައުލޫމާތު ދޭންޖެހުން
  • ގިނަ ބައެއްގެ ކުރިމަތީގައި އިނާމެއް ލިބުން
  • ރަހުމަތްތެރިއެއްގެ ޕާޓީއަކަށް ދާންޖެހުން
  • އާއިލާގެ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް ފުރަތަމަ ފަހަރަށް ބައްދަލުކުރަން ޖެހުން

އެމެރިކާގައި 15 މިލިއަން މީހުންގެ ސޯސަލް އެންޒައިޓީ ހުންނަކަމަށް ހޯދުންތަކުން ދައްކައެވެ. މިއީ މީހުންގެ ތެރޭގައި ސޯސަލައިޒްވެ އުޅުމަށްވެސް އެމީހުންނަށް ދަތިތަކާއި ކުރިމަތިލާންޖެހޭ ފަދަ ހާލަތެކެވެ.

ސޯސަލް އެންޒައިޓީގެ ބައެއް އަލާމާތްތައް:

  • ފިޒިކަލް އަލާމާތްތައް: ދާހިތްލުން، ލަދުގަތުން، މެއަށް ތަދުވުން، އަނގަ ހިކުން، ބޮލުގައި ރިއްސުން، އަޑު ތުރުތުރުއެޅުން
  • އުޅުމަށް އަންނަ ބަދަލުތައް: އެހެން މީހުން ޖަޖުކުރާނެކަމުގެ ބިރުގަތުން، އައިކޮންޓެކްޓް ކުރަން އުނދަގޫވުން، ތިމާ ހާސްވެފައިވާކަން އެހެންމީހުންނަށް އިނގިދާނެކަމަށް ބިރުގަތުން.
  • ސޯސިއަލް އަލާމާތްތައް: ގިނަ މީހުން  އެއްވާ ތަންތަނަށް ނުދިއުން، ތިމާއަށް ސަމާލުކަން ލިބިދާނެ ހުރިހައި ހާލަތަކުން ދުރުވުން.

ސޯސަލް އެންޒައިޓީ ހުރިނަމަ ކަމާގުޅޭ މާހިރުންގެ އެހީތެރިކަން ހޯދިދާނެއެވެ. މިކަން ކުރަން ބޭނުންނޫންނަމަ ސަޕޯޓް ގްރޫޕަކަށް ގުޅެވިދާނެއެވެ. އަދި ރަނގަޅަށް ކެއުމާއި ކަސްރަތުކުރުމުގެ ސަބަބުންވެސް މިކަމަށް ހައްލު ލިބޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0