ވަޒީފާގައި “ބާރން އައުޓް” ވުމަކީ ކޮބާ؟

28 އޮކްޓޯބަރ 2021 - 14:20

ވަޒީފާގެ މާހައުކުގައި މާބޮޑަށް ހާސްވެ ނުތަނަވަސްވެ “ބާންއައުޓް”ވޭ ހެއްޔެވެ؟ ވަޒީފާގައި ދިމާވާ ކަންތައްތަކެއް ސަބަބުން މީހާގެ ނަފްސާނީ ނުވަތަ ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

ބާންއައުޓް އަކީ ކޮބާ؟

advertisement

ކޮންމެވެސް ކަމެއްގެ ސަބަބުން ނަފްސާނީ، ޖިސްމާނީ، ނުވަތަ އެމޯޝަނަލީ މީހާއަށް އަސަރުކުރުމެވެ.

ބާންއައުޓްއަށް ދާކަމުގެ އަލާމާތްތައް:

  • ވަޒީފާގެ މާހައުލުގައި ނެގެޓިވް އެޓިޓިއުޑްއެއް ހުރުން
  • ވަޒީފާއަށް ދާހިތްނުވުން، ނުވަތަ އަވަހަށް އޮފީހުން ނިކުންނަން ބޭނުންވުން.
  • މަސައްކަތްކުރުމަށް ޝައުގުވެރިކަން ނެތުން
  • ނިދަން އުނދަގޫވުން
  • އޮފީހަށް މާގިނައިން ސަލާންބުނުން
  • ބޮލުގައި ރިއްސުން، ބުރަކައްޓަށް ތަދުވުން ފަދަ ކަންކަން ކުރިމަތިވުން
  • އޮފީހުގެ އެހެން މީހުންގެ ފަރާތުން ނުވަތަ ކްލައިންޓުންގެ ފަރާތުން މާއަވަހަށް އުނދަގޫވުން
  • އޮފީހަށް އަޔަސް އެއްވެސް ތަފާތެއް އިހްސާސްނުކުރެވުން
  • އޮފީހުގެ އެހެން މީހުންނާއި ނުވަތަ އޮފީސް މަސައްކަތާއި ދުރުވުން
  • ކުރާ މަސައްކަތް ބަލައިނުގަންނަ ކަމުގެ އިހްސާސް ކުރެވުން
  • ތިމާގެ ކުށައް އެހެން މީހުން ކުއްވެރިކުރެވުން
  • ވަޒީފާއިން ވަކިވުމުގެ ވިސްނުން އައުން

ސްޓްރެސް ވުމާއި ބާންއައުޓް ވުމުގައި އެއްގޮތް ކަންތައްތަކެއް ހުރިނަމަވެސް މިއީ މުޅިން ތަފާތު 2 ކަމެކެވެ. ސްޓްރެސް ވުމަކީ ވަރަށް މަދު ވަގުތުކޮޅަކަށް ވާކަމެކެވެ. އޮފީހުގައި އެދުވަހެއްގެ މަސައްކަތް ކުރިއަށްދާގޮތުން ސްޓްރެސް ވެދާނެއެވެ. ނަމަވެސް ބާންއައުޓްއަކީ ދިގުމުއްދަތުގެ ކަމެކެވެ. އަދި އޮފީހުގެ މަސައްކަތްތަކަކީ އެއްވެސް މާނައެއްނެތް ކަމެއްކަމަށް މީގެ ސަބަބުން އިހްސާސްކުރެވެއެވެ.

ބާންއައުޓްވުމަށް މަގުފަހިވާ ސަބަބުތައް:

  • ވަޒީފާގެ މާހައުލުގައި ހާސިލްކުރަން ބޭނުންވާ ކަންކަން ސާފުނުވުން
  • މަސައްކަތްކުރާ މާހައުލަކީ މުވައްޒަފުންގެ އިހްސާސްތަކަށް އިހްތިރާމްނުކުރާ ތަނަކަށްވުން
  • މެނޭޖްމަންޓް ކަޑަވުން، މެނޭޖްމަންޓްގެ ސަޕޯޓް ނުލިބުން
  • ކުރާ މަސައްކަތް ބަލައިނުގަތުން
  • ބާންއައުޓްވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް:
  • އަމާޒެއް އޮވެގެން މަސައްކަތްކުރުން
  • މަސައްކަތުގެ މާހައުލުގައި އެހެން މީހުންނަށް އެހީވުން
  • ކޮންޓްރޯލް ނެގުން
  • ގަވައިދުން ކަސްރަތުކުރުން
  • ސްޓްރެސް މެނޭޖްކުރަން ދަސްކުރުން
ރިއެކްޝަންސް
2
0
0
0
1
0
1