ބެލެނިވެރިންގެ ބައްދަލުވުމަށް ދާންޖެހޭނީ ހަމައެކަނި މަންމައިންނެއްނޫން، ބައްޕައިންވެސް ދާން ޖެހޭނެ!

14 ނޮވެމްބަރ 2021 - 13:58

އަބަދުވެސް ދައްކަނީ އަންހެނުން ގޭތެރޭގަ އަރާމު ކުރަން ތިބޭ ވާހަކަ އެވެ. ފިރިހެނުން ރުފިޔާ ހޯދީމަ އެ ހަރަދު ކުރަން އަންހެނުން ތިބޭ ވާހަކަ އެވެ. ދަރިން ލިބުމުން ދަރިންގެ ކަންކަމުގައި ހޭދަ ކުރާ އަންހެނުން ކުރަނީ ކޮންކަމެއްތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. ހުސްވަގުތު ގިނަވާނީ އަންހެނުންގެ އޭވެސް މީހުން ބުނެ އެވެ.

އެކަމަކު ގިނަ ދަރިން ތިބި މީހަކާ މެދު ވިސްނާލާށެވެ. ހުރިހާ ސްކޫލަކީ އެއް ދަންފަޅި އަކަށް ކިޔަވައިދޭ ސްކޫލްތަކެއް ނޫނެވެ. އެކި ކުދިން ދާނީ އެކި ގަޑިތަކަށެވެ. އެއް ކުއްޖަކު ސްކޫލަށް ވައްދާފައި ގެއަށް އާދެވޭ އިރު ހުންނާނީ އަނެއް ކުއްޖާ ސްކޫލަށް ގެންދަންވެފަ އެވެ. ގޭތެރޭގެ މަސައްކަތްތަށްވެސް އެހާ ބުރަ އެވެ. އެކަމަކު ނަން ވަނީ އެއްވެސް މަސައްކަތެއް ނުކޮށް ގޭގަ އޮންނަ މީހާ އަށެވެ.

advertisement

މައްސަލައެއް ނެތެވެ. ކުޑަ ކުޑަ ކަމަކަށް ވިސްނާލަމާ ހެއްޔެވެ؟ ތިޔައިގެ ތެރެއިން ދަރިންގެ ބައްޕަގެ ހައިސިއްޔަތުން އެންމެ ފަހަރަކު ވެސް ދަތިފުޅު ބަލާ ސްކޫލަށް ދިޔައި ކިތައް ފިރިހެނުންތޯ؟ ސްކޫލް ދޮށަށް ދަރިފުޅު ބަލައި ގޮސްދާނެ އެވެ. އެކަމަކު ޓީޗަރު ގާތު ކުއްޖާގެ މަސައްކަތާއި އުޅުމާއި ސްކޫލްގައި ކުރާ ކަންތަކާއި ދީފައި ހުރި ފިލާވަޅުތަކުގެ ވާހަކަ އަހަނީ ކިތަށް މީހުންތޯ އެވެ؟ މަދު ބައެކެވެ.

ސޯޝަލް މީދިއާގައި ފިރިހެނަކު ޖެހި ޕޯސްޓަކުންވެސް އެނގިގެން މި ދިޔައީ ދަރިން ކަންކަމުގައި އުޅެނީ އަންހެނުން އެކަނި ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސްކޫލްތަކުގައި ބާއއްވާ ޕޭރެންޓު މީޓިންތަކަށް އަންހެނުން ފޮނުވުމުގެ ބަދަލު ވަގުތު ވީ ވަރަކުން ފިރިހެނުން އެޓެންޑްވާންޖެހޭ ކަމަށެވެ. އަދި ބުނީ މި ގޮތަށް ކަންތައް ކުރުމުން ދަރިންގެ ކިޔެވުމުގެ ކަންކަމުގެ ވާނުވާ އެނގޭނެ ކަމަށެވެ.

އާންމުކޮށް ދަރިން ތެސްޓުން ފާސްނުވެއްޖެ ނަމަވެސް ކުށްވެރި މިވަނީ މަންމަ އެވެ. އެކަމަކު އޭނާ ދެކޭގޮތުގައި މި ވިސްނުން ބަދަލު ކުރެވޭނީ ފިރިހެނުންގެ އެއްބާރުލުމާއި އަޅާލުން ކުދިންނަށް ލިބިގެންނެވެ.

“މިއަދު އަހަރެން މި ދިޔައީ ސްކޫލް ޕޭރެންޓް މީޓިން އަކަށް. އެތާ ތިބީ ހުސް އަންހެން ޕޭރެންޓުން. އަހަރެން އެކަނި ފިރިހެނަކަށް ހުރީ އެތާނގަ. މިގޮތަށް އެކަނި އިންނަން ޖެހުމުން އަހަރެންނަށް އިހުސާސް ކުރެވުނީ ދަރިންގެ ކިޔެވުމުގެ ހުރިހާ ކމެއްގައި އުޅެނީ އަނބިން ކަމެވެ. ވަގުތު ހޯދައިގެންވެސް ފިރިހެނުން އެބަޖެހޭ އެކްޓިވް ވާން.” އޭނާ ބުނެފައިވެ އެވެ.

މިއީ އެންމެ މީހެއްގެ އިހުސާސެވެ. އެކަމަކު މިގޮތަށް ވިސްނާނީ ކިތަށް ފިރިހެން ބެލެނެވެރިން ހެއްޔެވެ؟

ރިއެކްޝަންސް
2
1
0
1
1
1
1