ޓީޗަރުންވެސް ކުދިންނަށް ބުލީ ކުރޭ

21 ޑިސެމްބަރ 2021 - 14:32

މިހާރަކަށް އައިސް ބުލީ ކުރުމަކީ އަހަރެމެންގެ މުޖުތަމައުގައި ވަރަށް އާންމު ކަމެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ބުލީ ކުރަނީ ސްކޫލްގެ މާހައުލުގައެވެ.

ސުކޫލުގެ މާހައުލުގައި ކޮންމެ 5 ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މިކަމުގެ ސަބަބުން ކުއްޖާ އަމިއްލަ ނަފްސް ދެކެ ރުޅި އައިސް ކުއްޖާގެ ކިޔެވުމަށް ވެސް ނޭދެވޭ އެތައް އަސަރެއް ކުރެއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުމަށް އުނދަގޫވެއެވެ.

advertisement

ސްކޫލްގެ މާހައުލުގައި ތަފާތު އެކި މީހުންގެ ފަރާތުން ކުއްޖާއަށް ބުލީކޮށްފާނެއެވެ. އޭގެތެރޭގައި އެހެންކުދިންނާއި އަދި ޓީޗަރުންގެ ފަރާތުންވެސް ބައެއް ކުދިންނަށް ބުލީކުރެއެވެ.

2006 ވަނަ އަހަރު ސައިކޮލޮޖިސްޓް ސްޓާޓް ތޮމްލޯ ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި %45 ޓީޗަރުން ކުދިންނަށް ބުލީކުރެއެވެ. ޓީޗަރަކު ކުއްޖަކަށް ބުލީ ކުރުމަކީ އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ކުއްޖާއަށް ހައްގު ނުވާ މިންވަރަށް އަދަބެއް ދިނުން ނުވަތަ ފިޔަވަޅެއް އެޅުމެވެ.

ޓީޗަރަކު ކުއްޖަކަށް ބުލީ ކުރާކަން އިނގޭނެ ގޮތްތައް:

ކުލާހުގެ އެހެން ކުދިންގެ ކުރިމަތީގައި އެކުއްޖަކަށް އެއްޗިހި ކިޔުން

  • ޒާތީގޮތުން އަބަދު ޖައްސާލާފައި ހުރުން
  • ހަޅޭލެވުން
  • ކުއްޖާގެ ޖިންސުގެ ގޮތުން ނުވަތަ ދީނީގޮތުން ތަފާކުރުން
  • ކުއްޖާއަށް ހަޖޫޖަހާ މަލާމާތްކުރުން
  • ކުއްޖާގެ މަސައްކަތައް އެހެން ކުދިންގެ ކުރިމަތީގައި ފާޑުކިޔާ ލަދުގަންނަވާލުން
  • މަސައްކަތާއި އަޅާބަލާފައި މާދަށުން އަބަދު މާކްސް ދިނުން
  • ސްކޫލް މާހައުލުގެ ތެރޭގައި ޓީޗަރަކު ކުއްޖާއަށް ބުލީކުރާނަމަ ކުއްޖާގެ އުޅުމުންވެސް އެކަން ފާހަގަވާން ފަށާނެއެވެ. އެގޮތުން ކުއްޖާގެ އުޅުމަށް އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި:
  • ޓީޗަރާއި ބެހޭގޮތުން އަބަދު ޝަކުވާކުރުން
  • ވަކި ޓީޗަރަކާއި ބެހޭގޮތުންނާއި އޭނާގެ އަމަލުތަކާއި ގުޅޭގޮތުން ކުއްޖާ އަބަދު ޝަކުވާ ކުރާނަމަ މިއީ ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަމެކެވެ.
  • އުޅުމަށް ބަދަލުއައުން
  • ސްކޫލްގެ ޓީޗަރެއްގެ ފަރާތުން ކުއްޖާއަށް ބުލީ ކުރާނަމަ އުޅުމުން އެކަން އެނގޭނެއެވެ. އެގޮތުން ސްކޫލުން އަންނައިރާއި އަދި ސްކޫލަށް ދާންއުޅޭއިރު ކުއްޖާއަށް ބޮޑު ބަދަލެއް އާދެއެވެ. އެގޮތުން ރުޅި އައިސްފައި ހުރުމާއި، ސްކޫލަށް ނުދާން އުޅުންފަދަ ކަންކަން ހިމެނެއެވެ.
  • ގޭގައި ކުރަންދޭ މަސައްކަތް ނުކުރުން

ކުރިން ގޭގައި ހަދަންދޭ މަސައްކަތް ރަނގަޅަށް ހަދަމުންއައި ކުއްޖަކު ކުއްލިއަކަށް ގޭގައި ހަދަންދޭ މަސައްކަތައް ފަރުވާކުޑަކޮށް އެކަން ކުރަން ނޫޅުމަކީ ސްކޫލްގައި ކުއްޖާއަށް ބުލީކުރާކަމުގެ ނިޝާނެކެވެ.

ސްކޫލްގައި ކުއްޖާއަށް ބުލީކުރާނަމަ ކުއްޖާއަށް ބެލެނިވެރިޔާގެ ފަރާތުން ފުރިހަމަ ސަޕޯޓް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމުގައި ޓީޗަރާއި ވާހަކަދައްކާށެވެ. ފަހަރުގައި ޓީޗަރުގެ ފަރާތުން މިފަދަ ކަމެއް ފެންނަނީ ދަރިފުޅުގެ ކިބައިގައި ހުރި ކަމަކުންކަމަށްވެސް ވެދާނެއެވެ. އެހެންކަމުން ކަންކަން ހައްލުކުރުމަށް ފަސޭހަވާނެއެވެ.

ރިއެކްޝަންސް
1
0
0
11
2
0
1