ހަމަނިންޖާއި ތިމާގެ ދިރިއުޅުމުގެ ކަންތައްތަކާއި ވަނީ ގުޅިފައި

20 ޖެނުއަރީ 2022 - 13:18

ނިންޖަކީ ކޮންމެހެން އިންސާނާއަށް މުހިންމު އެއްޗެކެވެ. އެއީ އިންސާނާގެ ސިއްހަތު ސަލާމަތުން ހުރުމަށްވެސް މަގުފަހިވާ ކަމެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އަދި ދުވަހުގެ މަސައްކަތްތައް ކުރުމަށް ބުންވަރު ހޯދުމަށްވެސް ހަމަ ނިންޖަކީ މުހިންމު އެއްޗެކެވެ.

ރޭގަނޑު ނުނިދުމުގެ މައްސަލައަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ނިދަން އެނދުގައި އޮށޯވެ 2 ފަރާތައް ފުރޮޅި ފުރޮޅި ވަރުބަލިވާއިރުވެސް ނިދި ނާދެއެވެ. މިހެން ދިމާވަނީ ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެވޭ ގޮތްތަކެއްގެ ސަބަބުންނެވެ. މިއީ ހައްލު ކުރެވިދާނެ މައްސަލައެކެވެ. ރޭގަނޑު ހަމަނިދި ނުލިބޭ ބައެއް ސަބަބުތަކުގެ ތެރޭގައި:

advertisement
  • ދިރިއުޅުމުގެ ކަންކަން ހުންނަގޮތް:

ދުވަހުގެ މަސައްކަތްތައް ހުންނަ ގޮތުގެ ސަބަބުންވެސް ރޭގަނޑު ހަމަނިދި ނުލިބދާނެއެވެ. އޭގެތެރޭގައި

މާގިނައިރު މަސައްކަތުގައި އުޅުން

މާގިނައިން ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރުން. މިސާލަކަށް ކޮފީ

ނިންޖާ ދުރުވާ ބައެއްކަހަލަ ބޭސްތައް ބޭނުންކުރުން

ތަނަކަށް ތަދުވުން

އެނޫންވެސް ސަބަބަކާއި ހެދި

ރަނގަޅަށް ނިދުމަށް ކަންތައް ކުރެވިދާނެ ގޮތްތައް:

ކޮންމެ ރެއަކުވެސް ވަކި ވަގުތެއްގައު ނިދުމަށް އާދަކުރުން

ކޮންމެ ރެއަކުވެސް ވަކި ވަގުތެއްގައި ނިދާނަމަ އެ ވަގުތަކަށް ނިދުމަށް މީހާގެ ހަށިގަނޑު ހޭނޭނެއެވެ.

  • ނެޕް ނުނެގުން

ދުވާލުގެ ވަގުތުގައި ނިދާނަމަ އޭގެ ސަބަބުން ރޭގަނޑުގެ ނިންޖަށް އަސަރުކުރާނެއެވެ. އެހެންކަމުން ރޭގަނޑު ނިދަން އުނދަގޫނަމަ ދުވާލުގެ ވަގުތުތަކުގައި ނުނިދާށެވެ.

  • ނިދަން ވަގުތުދީ

ބައެއް މީހުން ނިދަން ހަމަ އޮށޯންނައިރަށް ކޮންމެވެސް ކަމެއްކުރަންޖެހިދާނެއެވެ. ނުވަތަ ކޮންމެވެސް ކަމަކު މީހަކު ގުޅާފާނެއެވެ. ދެން އެކަމަކަށް އިސްކަން ދެވޭ ފަހަރު އާދެއެވެ. ނަމަވެސް ހަމަނިންޖަކީ ތިމާގެ ހަށިގަނޑަށް މުހިންމު އެއްޗަކަށް ވުމުގެ ސަބަބުން ހަމަ ނިދި ނިދުމަށް ވަގުތު ހުސްކުރާށެވެ.

  • ނިދަން އަރަމުން ފޯނު ނިއްވާލުން

ވަރަށް ގިނަ ފަހަރު ފޯނަކީ ހަމަނިއްޖަށް ހުރަސްއަޅާ އެއްޗެކެވެ. ނިދި ހަމަ ޖެހޭއިރަށް ފޯނެއް އައިސްދާނެއެވެ. އެއިރުން އެ ގެއްލެނީ މީހާގެ ނިންޖެވެ. އެހެންކަމުން ނިދަން އޮށޯތުމުގެ ކުރިން ފޯނު ސައިލެންޓަށް ނުވަތަ ނިއްވާލާށެވެ.

  • ރަނގަޅު ކާނާ ކެއުން

މިއީ ބައެއް މީހުންނަށް ގަބޫލުކުރަން އުނދަގޫ ކަމަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ހަމަ ނިދި ހޯދުމަށްޓަކައި ރަނގަޅު ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0