އޭޑީއެޗްޑީ އަލާމާތް ހުންނަ ނަމަ ޑޮކްޓަރަށް ނުދައްކާ ނުހުންނާތި

22 ޖެނުއަރީ 2022 - 14:32

އަންޓްރީޑެޓް އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވް ޑިސްއޯޑަރ (އޭޑީއެޗްޑީ) އަކީ ކަންކަމަށް އެޓެންޝަންދޭ އުދަގޫވާ ކަމެކެވެ. އޭޑީއެޗްޑީގެ ސަބަބުން މީހާގެ ގައިގައި ވަރުނެތް ކަމުގެ އިހްސާސް ކުރެވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި %8.4 ކުޑަކުދިން އަދި %2.5 ބޮޑެތިމީހުންގެ އޭޑީއެޗްޑީ ހުރެއެވެ. އަދި ކުޑަކުދިން އޭޑީއެޗްޑީއަށް ހުށައެޅެނީ 3 އަހަރަށްވުރެވެސް ހަގުއިރުއެވެ.

advertisement

ކުޑަކުދިންގެ ކިބައިން ފެނިދާނެ ބައެއް އޭޑީއެޗްޑީ އަލާމާތްތައް:

  • ދުވާލުގެ ވަގުތުގައި ކަމަކަށް މާބޮޑަށް ގެއްލިފައި ހުރުން ނުވަތަ ޑޭ ޑްރީމިންގ
  • ކަމަކަށް ފޯކަސް ކުރަން އުނދަގޫވުން
  • ކެއަރލެސް މިސްޓޭކް ހެދުން
  • އެހެންމީހުން ވާހަކަދައްކާއިރު ޝައުިގުވެރިކަން ނުދިނުން
  • ކަންކަން މެނޭޖްކުރަން ނުވަތަ އޮގަނައިޒްކުރަން އުނދަގޫވުން
  • ކޮންމެހެން ކުރަންޖެހޭ ކަންކަން ހަނދާންނެތުން ނުވަތަ ނުކޮށް ދޫކޮށްލުން
  • އިރުޝާދަށް ބޯލަނބަން އުނދަގޫވުން
  • ރިސްކީ ކަންކަން ކުރުން

އޭޑީއެޗްޑީ ހުންނަ ބޮޑުމީހެއްގެ ކިބައިންވެސް މިއީ އާންމުކޮށް ފެނިދާނެ އަލާމާތްތަކެވެ. އެހެންނަމަވެސް އެކި މީހުންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތު ވާނެއެވެ. އޭޑީއެޗްޑީ ހުންނަ މީހަކަށް ދިމާވެދާނެ އެހެން ބައެއް ކަންކަމުގެ ތެރޭގައި:

  • އަޑުއެހުމަށް އުނދަގޫވުން
  • ޑިޕްރެޝަން
  • ކަންކަން ދަސްކުރުމަށް އުނދަގޫވުން
  • ނިދަން އުނދަގޫވުން

އޭޑީއެޗްޑީ ހުންނަ މީހަކަށް ކައުންސިލިން ހޯދިދާނެއެވެ. ކުޑަކުއްޖަކަށްނަމަ މިކަންކަންވެސް ކޮށްލެވިދާނެއެވެ.

  • ކުރަންޖެހޭ ކަންކަން ލިޔެފައި ބެހެއްޓުން
  • ބޮޑެތި ކަންކަން އެކިއެކި ޓާސްކް ތަކަށް ބަހާލުން
  • ސްކޫލް އެއްޗިއްސާއި ކުޅޭއެއްޗެހި ފަދަ ތަކެތި އޮގަނައިޒްކޮށްފައި ބެހެއްޓުން
  • ކަމެއް ހާސިލްވުމުން އެކަން ފާހަގަކުރުން
ރިއެކްޝަންސް
0
4
0
1
2
0
0