އަންހެނުންގެ ޙައްޤުތައް މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަނީ ދަށްވަމުން: ދިރާސާ

23 ޖެނުއަރީ 2022 - 16:46

އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން އެޗް.އާރް.ސީ.އެމްގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައި ފާހަގަކުރެވިފައިވެއެވެ. އެގޮތުން އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަންވެސް އެ މުއަސަސާއިން ފާހަގަ ކުރެއެވެ. މިގޮތަށް ކަންތައް ކުރަނީ އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރަމުންކަން ވެސް ބުނެދީފައިވެ އެވެ.

އަންހެނުންގެ ހައްޤުތަކަށް ވަކާލާތުކުރުމަށް އެންމެ އެކަށީގެންވާނީ އަންހެނުންނެވެ. ނަމަވެސް ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑައެވެ. މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާގޮތަށް ޤާނޫނީ އޮނިގަ ނޑު ފަރުމާކުރެވިފައި ވީނަމަވެސް އެކަން ތަންފީޒުކުރުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައި ނުވާކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ.

advertisement

އަދި ހާއްސަކޮށް ރަށްރަށުގައި އުޅޭ އަންހެނުން ބާރުވެރިވުމަށް ހުރި ފުރުސަތުތައް މަދުކަން ފާހަގަކުރިއެވެ.

ާނޫނު ނަންބަރު 2010/7( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު( އަށް 2019 ވަނަ އަހަރު ގެނައި 8 ވަނަ އިޞްލާޙާއެކު، ލޯކަލް ކައުންސިލްގެ %33 އަންހެނުންނަށް ވަނީ ޚާއްޞަ ކުރެވިފައެވެ.

އާއްމު އަދި ސިޔާސީ މަޤާމްތަކުގައި އަންހެނުންގެ ބައިވެރިވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތުމާއި، ޢާއިލާއާއި މުޖްތަމަޢުގެ އެއްބާރުލުން ނުލިބުމާއި، ކެމްޕެއިނުގެ ތެރޭގައި އަންހެން ކެންޑިޑޭޓުންނަށް ފުރައްސާރަކުރުމާއި، މީޑިއާގައި ޢާއްމު އަދި ސިޔާސީ މަޤާމުތަކުގައި އުޅޭ އަންހެނުން ނޭދެވޭ ގޮތުގައި ތަމްސީލްކުރުމާއި، އަންހެނުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދުން އަދި އަންހެނުންނާއި ފިރިހެނުންގެ ގާބިލްކަން މިނެކިރުމުގައި ތަފާތުކުރުން ގެންގުޅުން ހިމެނޭކަން ފާހަގަކުރިވެއެވެ. މީގެ އިތުރުން، ގޭތެރޭގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމަކީ އަންހެނުންގެ ޒިންމާކަމުގައި ދުށުމަށް މާބޮޑު ބަދަލެއް އައިސްފައި ނެތްކަމާއި ދަރިން އަދި އުމުރުން ދުވަސްވީ މައިންބަފައިން ބެލުމުގެ ޒިންމާ ގިނަފަހަރަށް އުފުލަންޖެހެނީ އަންހެނުން ކަމަށްވީއިރު، މިފަދަ ޒިންމާތަކަށް ލުއި ލިބޭނޭ އިންތިޒާމް ދައުލަތުން ހަމަޖައްސައިދިނުމަށް މިހާތަނަށް ފިޔަވަޅުތަކެއް އަޅާފައި ނެތްކަން ފާހަގަކުރެވެއެވެ. އެގޮތުން، ވަޒީފާއަދާކުރާ ވަގުތު ކުދިން ބޭތިއްބޭނެ ޑޭކެއަރ ސެންޓަރފަދަ ފެސިލިޓީތަކާއި އުމުރުން ދުވަސްވީ ފަރާތްތައް ބޭތިއްބޭނެފަދަ އެލްޑަރލީ ހޯމް ހަމަޖެހިފައި ނެތްކަން ފާހަގަކުރެވެއެވެ. މީއީ އަންހެނުން ސިޔާސީ މައިދާނަށާއި ވަޒީފާގެ މައިދާނަށް ނިކުތުމަށް ހުރި ގޮންޖެހުމެއްކަން ފާހަގަކުރެވެއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0