ވެކްސިންއަށް ވުރެ ކޮވިޑް 19 އިން ހިތުގެ ބަލިތައް ޖެހޭ މިންވަރު ބޮޑު

30 ޖެނުއަރީ 2022 - 14:47

ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އެންމެ ގިނައިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭންޖެހިފައިވަނީ، މީގެ ސަބަބުން ދިމާވި ހިތުގެ ބަލީގެ މައްސަލަތަކަށެވެ. ކޮވިޑް އިން ދިފާއުވުމަށް ހަމައެކަނި އޮތް ހައްލަކީ ކޮވިޑް ވެކްސިން ކަމަށްވާއިރު، މި ވެކްސިންއިން މައިކޯޑައިޓިސް ގެ ނުރައްކަލަށް ވެކްސިން ޖަހާ މީހާ ހުށަހެޅިގެން ދާކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އަދި މައިކޯޑައިޓިސްގެ ނުރައްކަލަށް ހުށަހެޅިގެން ދަނީ މީގެ ތެރެއިން ޅަ އުމުރުގެ މީހުން ކަމަށެވެ.

މައިކޯޑައިޓިސް އަކީ ހިތުގެ މަސްތައް ދުޅަވުމެވެ. މި ކަން އާއްމުކޮށް ދިމާވަނީ އިންފްލުއެންޒާ، ހެޕަޓައިޓިސް، ހާރޕްސް ފަދަ ބަލިތަކުންނެވެ. ކޮވިޑްގެ ކުރިން މައިކޯޑައިޓިސް ކޭސްތައް ފެނިފައިވަނީ އަހަރެއްގެ މައްޗަށް އެއްމިލިޔަން މީހުންގެ ތެރެއިން އެކެއް ނުވަތަ 10 ވަރަކަށް މީހުންގެ ފަރާތުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެއީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އެ މީހުންނަކީ ސިއްހަތު ރަނގަޅު އެކްޓިވް މީހުން ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

advertisement

 އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް ޕްރިވެންޝަން އިން ބުނެފައިވަނީ ކޮވިޑް އިންފެކްޝަންއަށް ފަހު، މައިކޯޑައިޓިސްގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެއްމިލިޔަން މީހުންގެ ތެރެއިން 146 މައިކޯޑައިޓިސް ކޭސް ފެނުނު ކަމަށެވެ. އަދި 16 އަހަރުން ދަށުގެ ކުދިންނަށް މި ކަން ދިމާވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ވެކްސިން ޖެހުމަށް ފަހު މި މައްސަލަ ދިމާވުން އެއީ ވަރަށް ރެއަރ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކޮވިޑްއިން ހިތުގެ ބަލި ޖެހޭ މިންވަރު ވެކްސިންއަށް ވުރެ މަތި ކަމަށް ދިރާސާތަކުން ދައްކައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ  ތިން ދުވަސް ނޫނީ ހަތަރު ދުވަސް ފަހުން އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް މައިކޯޑައިޓަސިސް ދިމާވެގެން ރިޕޯޓްކޮށްފައިވާއިރު، އެއީ ފިރިހެނުން ކަމަށް ދިރާސާތަކުން ދައްކައެވެ. ބޫސްޓަރ ޑޯޒް ޖަހައިގެން މިހެންވާ ކަމަށް ބުރަވެވޭ ރިޕޯޓްތަކެއް ނެތް ކަމަށެވެ. ފައިޒާ ވެކްސިންއަށް ވުރެ މޮޑާނާ ވެކްސިން އިން މައިކޯޑައިޓިސްގެ ރިސްކް ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ.

ރިއެކްޝަންސް
0
1
2
3
0
0
0