ލޭ ހަދިޔާ ކުރުމުގެ ފާއިދާތައް

2 ފެބުރުއަރީ 2022 - 15:11

ތަފާތު އެކި ސިއްހީ މައްސަލަތައް ދިމާވެގެން ބަލި މީހާގެ ގަޔަށް ލޭ އަޅަންޖެހޭ ފަހަރުތައް އާދެއެވެ. މީގެ އިތުރުންވެސް ތެލެސީމިޔާ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ގަޔަށް ގަވާއިދުން ލޭ އަޅަން ޖެހެއެވެ. ބޭސް ފަދައިން ލެޔަކީ އުފެއްދޭނެ އެއްޗެއް ނޫނެއެވެ. މި ފަދަ ހާލަތްތަކުގައި ލޭ ލިބިގެންދާނީ ލޭ ހަދިޔާ ކުރުމުންނެވެ.

ނަމަވެސް ތަފާތު އެކި އުޒުރުތަކާއި ހެދި ބައެއް މީހުން ލޭ ހަދިޔާ ކުރަން ބޭނުންނުވާ ތަން އާދެއެވެ. މި އާރޓިކަލްގައި ބަލާލާނީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

advertisement

ލޭ ހަދިޔާ ކުރުމުން ދިމާވެދާނެ ސިއްހީ އެކި މައްސަލަތަކުން ސަލާމަތްކޮށްދޭ

ގަވާއިދުން ލޭ ހަދިޔާ ކުރާނަމަ ހިތުގެ މައްސަލައެއް ހުރިނަމަ އެކަން ކުރިން އެގުމުގެ ފުރުސަތު ލިބިގެންދެއެވެ. އެއީ ލޭ ހަދިޔާ ކުރަން ބޭނުންވާ މީހާ ލޭ ދިނުމުގެ ކުރިން އަބަދުވެސް އޭނާގެ ސިއްހީ ހާލަތު ބެލުމުގެ ގޮތުން ޗެކަޕެއް ހަދާނެއެވެ. އެ ޗެކަޕްގައި ލޭ ހަދިޔާ ކުރާ މީހާގެ ޕަލްސް، ބްލަޑް ޕްރެޝަރ، ބޮޑީ ޓެމްޕަރޭޗާރ، ހީމޯ ގްލޮބިން ފަދަ ކަންތައް ބަލާނެއެވެ. މި ގޮތަށް ޗެކް ކުރާއިރު ކުރިން ނޭގި ހުރި ސިއްހީ މައްސަލައެއް ބައެއް ފަހަރު އެގިގެން އެބަދެއެވެ.

ލޭ ހަދިޔާކުރުމުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ދަގަނޑުގެ ބައި މަދުވެގެންދޭ

ހަށިގަނޑުގައި އިތުރަށް ހަރުލާފައި ހުންނަ އަޔަން ގަވާއިދުން ލޭ ހަދިޔާ ކުރާނަމަ މަދުވެގެންދާނެއެވެ. އަޔަން ހަށިގަނޑުގައި ގިނަވުމުގެ ސަބަބުން ހެމޯކްރޯމެޓޯސިސް ކިޔާ ނުރައްކާތެރި ބައްޔެއް ޖެހެއެވެ. އެމެރިކާގެ 200 ސައްތަ މީހުންގެ ތެރެއިން އެކަކަށް މި ބަލި ޖެހެއެވެ.

ދިވެހިރާއްޖޭގައި މިހާރު ކޮވިޑް-19 ގެ ބަލި އިތުރަށް ފެތުރެމުންދާ ހާލަތުގައި އެންމެ ބޮޑު އުނދަގޫތަކާއި ކުރިމަތިލާން ޖެހެނީ ލޭއަޅާކުދިންނެވެ. މޯލްޑިވިއަން ބްލަޑް ސާރވިސަސް އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް ފަދަ ޖަމިއްޔާތަކުންދަނީ ލޭ ލިބުމުގެ ދަތިކަން ފާހަގަކޮށް ގިނަ މީހުން ލޭ ހަދިޔާ ކުރުމަށް ބާރުއަޅާފައެވެ.

ލޭހަދިޔާ ކުރަން ބޭނުން ނަމަ ހެނދުނު 8 އާއި ރޭގަނޑު 7 އާއި ދޭތެރޭ މޯލްޑިވިއަން ބްލަޑް ސާރވިސަސް އަށް ގޮސް އެޕޮއިންމަންޓް ހެދިދާނެއެވެ. ނުވަތަ 3306098 އަށް ގުޅާލައިގެން އެޕޮއިންމަންޓް ހެދިދާނެއެވެ.  

ރިއެކްޝަންސް
1
1
0
0
0
0
0