ކްރޭންބެރީގެ ސިއްހީ ފައިދާތައް

12 ފެބުރުއަރީ 2022 - 14:15

ކްރޭން ބެރީއަކީ ހަށިގަނޑަށް އޭގެއިން ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. ކްރޭން ބެރީގައި ގިނަ އަދަދެއްގެ ކާބްސްއަދި ފައިބަރ އެކުލެވެއެވެ. މީގެއިތުރުން ކްރޭން ބެރީގައި %90 ފެން ހިމެނެއެވެ. އަދި ކްރޭން ބެރީއަކީ ގިނަ އަދަދެއްގެ ވިޓަމިން، މިނަރަލްސް ހިމެނެއެވެ. އޭގެތެރޭގައި ވިޓަމިން ސީ، ވިޓަމިން އީ، ވިޓަމިން ކޭ، އަދި މެގްނޭޝިއަމް ހިމެނެއެވެ.

ކްރޭންބެރީގައި ލަނީ ހުތްފޮނި ރަހައެކެވެ. މިއީ ރޮލާވެސް ކާލެވޭ މޭވާއެކެވެ. މިއީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ މޭވާއެކެވެ. ކްރޭންބެރީން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި:

advertisement
  • ޔޫރިން އިންފެކްޝަނުން ދުރުކޮށްދިނުން

ކްރޭން ބެރީން ލިބޭ ސިއްހީ އެންމެ ބޮޑު އެއް ފައިދާއަކީ ޔޫރިން އިންފެކްޝަނުން ދުރުކޮށްދިނުމެވެ. ޔޫރިން އިންފެކްޝަން ޖެހުމަށްފަހު ކްރޭންބެރީ ބޭނުންކުރުމުން ފައިދާ އެންމެ އެދެވޭގޮތުގައި ނުފެނުނު ނަމަވެސް ކްރޭން ބެރީ ކާމީހުންނަށް ޔޫރިން އިންފެކްޝަން ޖެހުމުން ދުރުކޮށްދެއެވެ.

  • ހަޖަމްކުރުމުގެ ނިޒާމް

ކްރޭންބެރީއަކީ ހަޖަމްކުރުމުގެ ނިޒާމަށް ރަނގަޅު މޭވާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކްރޭންބެރީއަކީ ގޭސްޓްރިކްގެ މައްސަލަތަކަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.

  • ހިތުގެ މަސައްކަތައް އެހީވެދޭ

ކްރޭންބެރީއަކީ ސިއްހީ ގިނަ ފައިދާތަކެއް ލިބޭ އެއްޗެއްކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން ހިތުގެ މަސައްކަތް ރަނގަޅުކުރުމަށްވެސް އެހީވެދެއެވެ. މީގެއިތުރުން ބްލަޑް ޕްރެޝަރު ރަނގަޅުވުމާއި، ކޮލެސްޓްރޯލްގެ މިންވަރު ރަނގަޅުކުރުމަށްވެސް ކްރޭންބެރީ އެހީތެރިވެދެއެވެ.

  • ކެންސަރަށް ފަރުވާއެއް

މޭވާއާއި ތަރުކާރީ ކެއުމުގައި ބޭނުންކުރުމަކީ ކެންސަރު ޖެހުމުން ދުރުކޮށްދޭކަމެކެވެ. މީގެތެރޭގައި ކްރޭންބެރީ ހިމެނެއެވެ.

ރިއެކްޝަންސް
1
0
0
0
0
0
0