ކައިވެނީގައި އުފާވެރިނޫންނަމަ ފިރެހެނުންގެ އުމުރު ކުރުވޭ

13 ފެބުރުއަރީ 2022 - 14:46

ކައިވެންޏަކީ އުފާވެރި ކައިވެންޏަކަށް ނުވާނަމަ އެ ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަ ފަހަރު އާދެއެވެ. ނަމަވެސް އެ ގުޅުން އުފާވެރި ނޫންނަމަވެސް ކައިވެނީގެ މަތީގައި ދެމިތިބޭ ފަހަރަކީވެސް މަދުން ނަމަވެސް ދިމާވާ ހާލަތެކެވެ. ހޯދުންތަކުން ދައްކާގޮތުގައި ކައިވެންޏާމެދު އުފާވެރި ނޫންނަމަ ފިރެހެނުންގެ އުމުރަށް އޭގެ އަސަރުކޮށް އުމުރު ކުރުވާކަމަށް ދައްކައެވެ.

ޓެލްއަވީވް ޔުނިވަރސިޓީ ސްކޫލް އޮފް ޕަބްލިކް ހެލްތްއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ކައިވެންޏާއިމެދު އުފާވެރި ނޫންނަމަ ފިރެހެނުންނަށް އުމުރުގެ ޅާއިރުގައި ސްޓްރޯކްޖެހި މަރުވުމުގެ ފުރުސަތު އުފާވެރި ކައިވެންޏެއްގައި އުޅޭ މީހުންނަށްވުރެ އިތުރުކަމަށެވެ.

advertisement

އަދި ކައިވެންޏާއިމެދު އުފާވެރި ނޫންނަމަ މީހާގެ ސިއްހަތައް ލިބޭ ގެއްލުން ސިނގިރޭޓު ބުއިމުން މީހާގެ ސިއްހަތައް ކުރާ އަސަރާއި އެއްވަރުކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވާ މީހުންގެ ނަތީޖާއަށް ބަލާއިރު ކައިވެނީގައި އުފާވެރި ނޫން ފިރެހެނުންނަށް ސްޓްރޯކް ޖެހޭ މިންވަރު %94 އިތުރެވެ. އަދި މީގެތެރެއިން މަރުވާ މީހުންގެ އަދަދު އުޅެނީ %21 ގައިކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރާނަމަ ސްޓްރޯކް ޖެހޭ މިންވަރު އުޅެނީ ގާތްގަނޑަކަށް %37 ގައެވެ. ކައިވެނީގައި އުފާވެރިކަމެއްނެތްނަމަ ފިރެހެނުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވާ ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި ޑިޕްރެޝަންއާއި، އެންޒައިޓީއާއި، ސްޓްރެސް އިތުރުވުމަކީ ސްޓްރޯކް ޖެހުމަށް މަގުފައިވާ ކަންކަމެވެ.

ރިއެކްޝަންސް
0
0
0
2
0
0
0