ފަތުރުވެރިން ހިތްހަމަޖައްސަން ޓުއަރިސްޓު ގައިޑުން ފަރުތަކަށް ގެއްލުންދެނީ

21 ފެބުރުއަރީ 2022 - 16:44

ކޮލިފައިޑް ނޫން ޓޫރިސްޓް ގައިޑުންގެ ސަބަބުން ކަނޑުފަޅުގައި އުޅޭ ދިރުންތަކަށް އޭގެ އަސަރުކުރާކަމުގެ ކަންބޮޑުވުން އޯޝަން ހޮލިކް މޯލްޑިވްސްއިން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާގެ ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފަތުރުވެރިންގެ ޓޫރިސްޓް ގައިޑެއްގެ ގޮތުގައި އުޅުނު މީހަކު އަރާމުކުރުމަށް މޫދުމަތީގައި އޮތް ވެލައެއް ނެގުމަށްފަހު ފަތުރުވެރިންނަށް ދައްކާފައިވާކަމަށެވެ. މީގެ ސަބަބުން ކަނޑުފަޅުގައި އުޅޭ ދިރުންތަކުގެ ދިރުއުޅުމަށް އަސަރުކުރާކަމަށެވެ. މިގޮތައް އަމަލުކޮށްފައިވަނީ ބ. އަތޮޅެއްގެ ރިސޯޓެއްގެ ޓޫރިސްޓް ގައިޑެއްކަމަށްވެސް ވަނީ ބުނެފައެވެ.

އޯޝަން ހޮލިކް މޯލްޑިވްސްއިން ބުނީ މިގޮތައް ކޮލިފައިޑް ނޫން ޓޫރިސްޓް ގައިޑުން ރިސޯޓްތަކުގައި ބޭނުންކުރަނީ މެރިން ބައޮލޮޖިސްއަކަށް ވަޒީފާއެއް ދިނުމާއި އެމީހާއަށް މުސާރަ ނުދިނުމަށްކަމަށެވެ. އަދި މުވައްޒަފުންނަށް ޓްރެއިނިންގ ދިނުމަށް ފައިސާ ހަރަދުނުކުރަން ކަމަށެވެ.

advertisement

އޯޝަން ހޮލިކް މޯލްޑިވްސްއިން ބުނީ ވެލާ ނޭވާލުމަށްޓަކައި ފެނުގެ މައްޗަށް އަރާކަމަށެވެ. މިގޮތައް އަރާއިރު އެއާއި އެކަށީގެންވާ ދުރުމިނެއް ބަހައްޓަންޖެހޭކަމަށެވެ. އެކަށީގެންވާ ދުރުމިނެއްގައިވެސް ފޮޓޯނަގައި ބަލާލުމުގެ ފުރުސަތު ލިބޭނެކަމަށް ވަނީ ބުނެފައެވެ.

ރިއެކްޝަންސް
0
0
0
0
1
0
2