ރޭގަނޑު ޑިއުޓީ އަދާކުރާ މީހުންނަށް އިނގެންޖެހޭ ކަންކަން

22 ފެބުރުއަރީ 2022 - 17:04

އަދާކުރާ ވަޒީފާގެ ގޮތުން ރޭގަނޑުގެ ވަގުތުގައި ޑިއުޓީ އަދާކުރަންޖެހޭ ވަޒީފާތައް ވަރަށް ގިނައެވެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ފަޔަރ ފައިޓަރުންނާއި، ޑްރައިވަރުންނާއި، އެއަރ ޓްރެފިކް ކޮންޓްރޯލަރުން މީގެއިތުރުންވެސް އެހެން ބައެއް ގިނަ ވަޒީފާތަކުގައި އުޅޭމީހުންވެސް ރޭގަނޑު ޑިއުޓީ އަދާކުރަން ޖެހެއެވެ.

މީގެއިތުރުންވެސް ގިނައިރު ޑިއުޓީގައި ހޭދަކުރާ މީހުންގެ ނިސްބަތް ވަރަށް ގިނައެވެ. ނޭޝަނަލް ސްލީޕް ފައުންޑޭޝަންއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޝިފްޓް ޑިއުޓީ އަދާކުރާ މީހުންނާއި އަދި ޑިއުޓީގައި ގިނައިރު މަސައްކަތްކުރަން ޖެހޭ މީހުންނަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވާކަމަށެވެ. މީގެތެރޭގައި މެޓަބޮލިޒަމްގެ މައްސަލަތަކާއި، ހިތުގެ ބަލިތަކާއި، ގޭސްޓްރިކްގެ މައްސަލަތަކާއި، ފަލަވުމާއި، ކެންސަރުޖެހުން އާންމުކަމަށް ވަނީ ބުނެފައެވެ.

advertisement

ރޭގަނޑު މަސައްކަތް ކުރާ މީހުންނަށް ދިމާވާ އެހެން މައްސަލަތަކުގެ ތެރޭގައި ހަށިގަނޑުން ހަލާކުވާ ތަންތަން ފަސޭހަވުންވެސް ދުރުކޮށްދެއެވެ. ނަމަވެސް އަދާކުރާ ވަޒީފާގެ ގޮތުން ރޭގަނޑު މަސައްކަތް ކުރުން ނޫންގޮތެއް ނޯވެއެވެ. އެހެންކަމުން ސިއްހަތައް ގެއްލުން ލިބޭ މިންވަރު ކުޑަކުރުމަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަންވެސް އެބަހުއްޓެވެ. އޭގެތެރޭގައި:

ހަމަނިދި ހޯދުން

ރޭގަނޑަކީ ހަމަނިންޖާއި ހަށިގަނޑު އަރާމުކުރުމަށް ލިބޭ ވަގުތެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުގައި ޑިއުޓީގައި އުޅޭނަމަ ރޭގަނޑުގެ ނިދިން މަހުރޫމުވެއެވެ. އެހެންވި ދުވާލުގެ 24 ގަޑިއިރުން 7 ނުވަތަ 9 ގަޑިއިރުގެ ނިދި ހަށިގަނޑަށް ބޭނުންވެއެވެ. އެހެންކަމުން ރޭގަނޑުގެ ޑިއުޓީ ނިންމާފައި އައިސް ނިދި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ޑިއުޓީ ނިންމާފައި އައިސް އެހެން ކަންކަމުގައި ނޫޅެ ނިދަން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކާލާށެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ. އަދި ފޯނު ސައިލެންޓްގައި ބޭއްވުމަކީވެސް ހަމަ ނިދި ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ.

ޑައިޓް މެނޭޖްކުރުން

ދުވާލުގެ ވަގުތުގައި ނިދާފައި ރޭގަނޑުގެ ވަގުތުގައި ހޭލާ އުޅޭނަމަ ކެއުމަށް ވަރަށް ބޮޑު ބަދަލެއް އާދެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އަށް އަސަރުކުރެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ރޭގަނޑު މަސައްކަތުގައި އުޅޭ %23 މީހުން ބަރުވުމަކީ ގާތްކަމެކެވެ. މިހެން ދިމާވަނީ ރޭގަނޑު ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުގެ ސަބަބުންނެވެ. އެހެންކަމުން ކިރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.

  • ދުވާލުގެ ވަގުތުގައި ކެއުމުގައި ގެންގުޅޭ ވައްޓަފަޅި ދެމެހެއްޓުން
  • މަދުން އިރުއިރުކޮޅާ ކެއުން
  • ހަޖަމްކުރަން ފަސޭހަ ކާނާ ކެއުން
  • ބަނޑުހައިވެއްޖެނަމަ ކޮންމެވެސް ވޭމާއެއް ކާލުން
  • ގިނައިން ފެން ބުއިން

ނެޕެއް ނަގާލުން

ރޭގަނޑު ޑިއުޓީ އޮންނަނަމަ ޑިއުޓީއަށް ދިއުމުގެ ކުރިން ނެޕެއް ނަގާލާށެވެ. އޭގެ ސަބަބުން ޑިއުޓީގައި ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވުން ކުޑަވާނެއެވެ. ދުވާލުގެ ވަގުތުގައި ނެޕެއް ނަގާލުމަކީ މީހާގެ ސިކުނޑި ތާޒާވާކަމެކެވެ. އަދި ރޭގަނޑު ޑިއުޓީ އޮންނަނަމަ ޑިއުޓީގެ ކުރިން 20 ނުވަތަ 45 ނިމެޓުގެ ނެޕެއް ނަގާލާނަމަ މީހާ ތަޒާވެއެވެ.

ކެފެއިން ބޭނުންކުރުން

ޑިއުޓީގައި ކެފެއިންގެ ބާވަތްތައް ބޭނުންކުރުމަކީ ނިދި ދުރުކޮށްދޭނެކަމެކެވެ. ނަމަވެސް އެއްފަހަރާ މާގިނައިން ކެފެއިން ބޭނުންކުރުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ މަދުން އެކި ފަހަރު މަތިން ބޭނުންކުރުމެވެ.

ރިއެކްޝަންސް
0
2
0
0
0
0
0