ޕިލްސް ނެގިއަސް ބަނޑުބޮޑުވަނީ ކީތްވެ؟

3 މާޗް 2022 - 13:53

ބަރތް ކޮންޓްރޯލް ކުރުމަށް ބައެއް މީހުން ޕިލްސް ބޭނުންކުރެއެވެ. މިއީ އޭގެ ނަތީޖާވެސް ފެންނަ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނެފައިވަނީ ބަރތް ކޮންޓްރޯލްކުރަން ނަގާ ޕިލްތަކަކީ ގަވައިދުން އެއްވެސް ޕިލްއެއް މިސްނުކޮށް ނަގައިފިނަމަ މިއީ ނަތީޖާ ފެންނާނެ އެއްޗެއްކަމަށެވެ. ރަނގަޅަށް ބޭނުންކޮށްފިނަމަ މިއީ 99.7% ނަތީޖާ ފެންނާނެ އެއްޗެއްކަމަށް ވަނީ ބުނެފައެވެ. މީގެ މާނައަކީ ޕިލް ނަގާ ކޮންމެ 100 އަންހެނަކުން އަހަރެއްގެ މައްޗަށް ބަނޑުބޮޑުވަނީ އެންމެ އަންހެނެއްކަމަށެވެ.

ނަމަވެސް ރަނގަޅަށް ޕިލް ނުނަގާނަމަ ނަތީޖާ ފެންނާނީ %91 އެވެ. މީގެ މާނައަކީ ކޮންމެ 100 އަންހެނަކުން 9 އަންހެނަކު ކޮންމެ އަހަރަކު ބަނޑުބޮޑުވާކަމެވެ.

advertisement

ބާރޓް ކޮންޓްރޯލް ޕިލް ނެގިނަމަވެސް އޭގެ ނަތީޖާ ނުފެންނަ ބައެއް ސަބަބުތައް ހުރެއެވެ. އޭެތެރޭގައި:

  • ގަވައިދުން ނުނެގުން

ކޮންމެ ދުވަހަކު ޤަވައިދުން ޕިލް ނަގާނަމަ އޭގެ ނަތީޖާ ފެންނާނެއެވެ. ނަމަވެސް ގަވައިދުން ޕިލް ނުނަގާނަމަ ބަނޑުބޮޑުވުމުގެ ފުރުސަތު އޮވެއެވެ. ޤަވައިދުން ޕިލް ނަގަން އުނދަގޫ މީހުންނަށް ބަރޓް ކޮންޓްރޯލް ކުރެވިދާނެ އެހެން ގޮތްގޮތްވެސް ހުރެއެވެ. މިކަމަށް ޑޮކްޓަރެއްގެ ލަފާ ހޯދުން ރަނގަޅުވާނެއެވެ.

  • ހޮޑުލުން

ޕިލް ނަގާފައި ބަލިވެއުޅުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއިހެދި ހޮޑުލެވިއްޖެނަމަ ހޮޑާއިއެކު ޕިލް އައުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން އޭގެ އަސަރު ހަށިގަނޑަށް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ޕިލް ނެގުމަށްފަހު ހޮޑުލެވިއްޖެނަމަ އެހެން ޕިލް އެއް ނަގަންޖެހޭނެއެވެ.

  • އެއްގަޑިއެއްގައި ނުނެގުން

ޕިލް ނަގާއިރު އޭގެ އަސަރު އެންމެ ރަނގަޅު ގޮތުގައި ހޯދުމަށް ކޮންމެ ދުވަހެއްގެ އެއް ވަގުތެއްގައި ޕިލް ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން ހޯމޯން ލެވެލް އެއްވަރެއްގައި ހުރުމަށް އެހީތެރިވެދޭނެއެވެ. ބައެއް މީހުން ވަގުތައް ޕިލް ނެގުމަށް ހަނދާން ކުރުމުގެ ގޮތުން އެލާމްކޮށްވެސް އުޅެއެވެ.

  • އެއް ކާޑު ހުސްވުމުން އަނެއްކާޑު ފެށުން

ޕިލް ނަގާއިރު އެއްކާޑު ހުސްވުމުން އަނެއްކާޑު ފެށުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރު ބައެއް މީހުންނަށް އެއްކާޑު ހުސްވުމަށްފަހު އަނެއްކާޑު ފެށުމާއި ދޭތެރޭގައި ދުވަސްތަކެއް ހޭދަވެއެވެ. މީގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި އަސަރުނުކުރެއެވެ.

ރިއެކްޝަންސް
4
3
10
2
3
3
1