ހޫނުގަދަ ނަމަ ކުދިންނަށް ދެވިދާނެ ބައެއް ތަކެތި

5 މާޗް 2022 - 16:55

ހޫނުގަދަ ދުވަސްވަރަކީ ހަށިގަނޑުން ގިނަ އަދަދެއްގެ ފެން ބޭރުވާ ދުވަސްވަރެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ގިނައިން ފެން ލިބޭ ތަކެތި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

ހޫނު ގަދަވުމަކީ ކުޑަކުދިންވެސް ކެއުމާ ދުރުކޮށް ކެއުމުގައި ގިނަ ވަގުތު  ހޭދަ ކުރާ ދުވަސްވަރެއްކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ. މީގެ ސަބަބުން ހޫނުގަދަ ދުވަސްވަރުގައި ކުޑަކުދިންނަށް ކާންދޭ ތަކެއްޗާއި މެދުވެސް ބެލެނިވެރިން ވިސްނާލުން ވަރަށް މުހިންމެވެ. ހޫނުގަދަ ދުވަސްވަރުގައި ކުޑަކުދިންނަށް ކާންދިނުން ރަނގަޅު ބައެއް އެއްޗެހީގެ ތެރޭގައި:

advertisement

ކަރާ:

ކަރާގެ 92 ޕަސެންޓަކީ ފެނެވެ. ފޮނިގަދަ ކަރާ ކެއުމުން ހޫނުގަދަވުމުގެ ސަބަބުން ކުދިންނަށް ލިބިފައި ހުންނަ ވަރުބަލިކަމާއި ކަރުހިއްކުން ފިލުވާލާނެ އެވެ. އަދި ކަރާއަކީ ވިޓަމިން އޭ ގިނައިން އެކުލެވޭ ބާވަތެކެވެ. މީގެ ސަބަބުން ހޫނުގަދަ ދުވަސްވަރުގައި ހަށިގަނޑަށް ފައިދާކުރެއެވެ.

ކާށި ފެން:

ކާށި ފެން ބުއިމުން ސިއްހަތަށް ފައިދާވުމުގެ އިތުރަށް ހަށިގަނޑުގައި ހުންނަ ވަރުބަލިކަން ފިލުވާލަ އެވެ. ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިއްބައިދެ އެވެ.

ލުނބޯ ފަނި:

ލުނބޯ ކެއުމުން ނުވަތަ ފަނި ގިރައިގެން ބުއިމުން ހަށިގަނޑަށް ވިޓަމިން ސީ ލިބިގެންދެ އެވެ. އޭގެ ސަބަބުން ކުދިންގެ އިމިއުނިޓީ ރަނގަޅުވެ ބޮޑުކަމު ދިޔުމަށް ފަސޭހަވުމުގެ އިތުރުން ހަށިގަނޑުގެ އެތެރެ ސާފުކޮށްދެ އެވެ.

ޓޮމާޓޯ:

ހޫނުގަދަ ވުމުގެ ސަބަބުން ހަންގަނޑު ކުރަކިވެ ހިކުންފަދަ ކަންތައްތައް މެދުވެރިވެއެވެ. ހޫނުގަދަ ދުވަސްވަރެއްގައި ޓޯމާޓޯ ކެއުމުން ނުވަތަ ޓޮމާޓޯގައި ޖޫސް ގިރާފަ ކުދިންނަށް ބޯން ދިނުމުން ހަންގަނޑުގެ ކުރަކިކަން ފިލަ އެވެ.

ކިއުކަމްބާ:

ކިއުކަމްބާ އަކީވެސް ހޫނުގަދަ ދުވަސްވަރުގައި ކުޑަކުދިންނަށް ދިނުން ވަރަށް ރަނގަޅު އެއްޗެކެވެ. މިއީވެސް ގިނަ އަދަދަކަށް ފެން އެކުލެވޭ އެއްޗެކެވެ. ކިއުކަމްބާ ކާންދޭނަމަ ކުޑަކުދިންގެ ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފަހައްޓާދެ އެވެ.

ޔޯގަޓް:

ޕްލެއިން ޔޯގަޓަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. ޔޯގަޓް ދޭއިރު ކުޑަ ހަކުރު ކޮޅެއް ނުވަތަ ތާޒަ  މޭވާ ކޮޅެއް ކޮށާ ލުމަށްފަހު ދިނުން ރަނގަޅެވެ. އަދި މިއީ ކުދިން ކާހިތްވުމަށް ކުރެވޭނެކަމެކެވެ. ޔޯގަޓް ކާންދިނުމުން ކުދިންގެ ހަޖަމް ކުރުމުގެ ބައި ރަނގަޅުވެ ހަށިގަނޑުގެ ފިނިހޫނު މިން އެއްވަރެއްގައި ހިފަހައްޓާދެ އެވެ.

ރިއެކްޝަންސް
1
0
2
0
0
0
0