މަސްތުވާތަކެތީގައި ޖެހިފައިވާ މީހަކަށް އާއިލާއަށް އެހީތެރިވެވިދާނެ

10 މާޗް 2022 - 14:39

އާއިލާގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހަކު ހުރިނަމަ އެއީ ވަރަށް ހިތްދަތި ކަމެކެވެ. މީގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ މީހާގެ އިތުރުން އެ އާއިލާއަކަށްވެސް އޭގެ ސަބަބުން ބަރުދާސްތު ކުރަން އުނދަގޫ ކަންތައްތަކާއި ކުރިމަތިލާންޖެހެއެވެ.

ސެންޓަރ އޮން އެޑިކްޝަންއިން ކޮށްފައިވާ ދިރާސާއެއްގައި ދައްކާގޮތުން 12 އަހަރުން މަތީގެ އާބާދީގެ %16 މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ކޮންމެވެސް ގޮތަކަށް ޖެހިފައިވާ މީހެކެވެ. މަސްތުވާތަކެތީގެ ވަބާގައި ތިމާގެ އާއިލާގެ މީހަކު އުޅޭކަން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟ މިކަންކަން އެމީހެއްގެ ފަރާތުން ފެންނަނަމަ މިއީ އެކަމުގެ އަލާމާތެކެވެ.

advertisement
  • އުޅުމަށް ބަދަލުއައުން. މިސާލަކަށް މާބޮޑަށް ރުޅިއައުން
  • އެހެން މީހުންނާއިއެކު އުޅޭ އުޅުމަށް ބަދަލުއައުން
  • ނިދާ ޝެޑިއުލްއަށް ބަދަލުއައުން
  • އުޅުމަށް ބޮޑު ބަދަލެއް އައުން. އަމިއްލަ ނަފްސަށް އަޅާލާ މިންވަރު ކުޑަވުން.
  • ދޮގުހެދުން
  • ޑިޕްރެޝަން

އެހެނިހެން ސިއްހީ މައްސަލައަކާއި ގުޅިގެންވެސް މިތަނުން އަލާމާތެއް ފެނުމަކީ އެކަށީގެންވާ ކަމެއްކަން ދަންނާށެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް އެހީތެރިވުމަށްޓަކައި އާއިލާއަށް ކޮށްދެވިދާނެ ކަންތައްތައްވެސް އެބަހުއްޓެވެ. ބައެއްފަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަން އާއިލާއަށް ސިއްރުކުރެއެވެ.

ނަމަވެސް މިކަމުގެ މައުލޫމާތު އާއިލާއަށް ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސްތުވާތަކެތީގައި ޖެހިފައިވާ މީހަކު އާއިލާގައި ހުރުމަކީ އެ އާއިލާއަކުން އެކަމާއި ދެރަވެ ލަދުގަންނާނެ ކަމެކެވެ. ނަމަވެސް ތިމާ މިކަމުން ރަނގަޅުކުރުމަށް އާއިލާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވިދާނެއެވެ. ނަފްސާނީ ގޮތުންވެސް އާއިލާއަށް ބޮޑު ސަޕޯޓެއް ދެވިދާނެއެވެ.

އެންމެ މުހިންމު ކަމަކީ އެމީހާއަށް ސަޕޯޓް ދިނުމުގައި އަބަދުވެސް އާއިލާއިން ތިބިކަން އޭނާއަށް އަންގައިދިނުމެވެ. އާއިލާގެ ފުރިހަމަ ސަޕޯޓް ލިބޭނެކަމުގެ ޔަޤީންކަން ދިނުމެވެ.

އާއިލާގެ މެންބަރަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާނަމަ މިއީ މުޅި އާއިލާއަށްވެސް ބޮޑު ކަންބޮޑުވުމަކަށް ވާނެއެވެ. އެހެންކަމުން މިކަމުގައި އާއިލާއަށް ފެމިލީ ތެރަޕީ ނެގިދާނެއެވެ. އަދި އާއިލާގެ ހުރިހައި މެންބަރުން އެއްކޮށްވެސް މި ތެރަޕީ ނެގިދާނެއެވެ. މީގެ ސަބަބުން މުޅި ރިކަވަރީ ޕްރޮސެސްގައި އާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0