މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
3 މެއި 2022 - 17:28
ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި އޮތް ނޫސްވެރިކަން މިނިވަންކުރެވިއްޖެ: ރައީސް
ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ހޯދައި ދެއްވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ.
އެމަނިކުފާނު ވިދާޅުވީ، އޭޝިޔާ ސަރަޙައްދުން ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށް.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި.
ފުލުހުން ވިދާޅުވީ ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް.
ޑައިވިންއަށްގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް
ފުވައްމުލަކު ނެރާދިމާއިން ބޭރަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަކަމަށް މްއެންޑީއެފުން ވިދާޅުވެއްޖެ.
އެމްއެންޑީއެފުން ވިދާޅުވީ، އިއްޔެ ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހުންގެ ތެރެއިން އެކަކު ޑީކޯވެގެން އިތުރު ފަރުވާއަށް, ކަނޑިންމަ ރިސޯޓަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ރޭ 22:27 ހާއިރު ދ.ކުޑަހުވަދޫއަށް ގެންގޮސްދީފައިވާކަމަށް.
ގިނަ ޢަދަދެއްގެ ބަނގުރާއާއި ފައިސާއާއެކު 3 ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ ބަނގުރައާއި ފައިސައާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި 27 އަހަރާއި 31 އަހަރުގެ ސްރީލަންކާ ފިރިހެނަކާއި 29 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް.
އެމްޑީޕީ ހިންގާލަން އިންތިއަށް ވުރެ މޮޅުވާނެ: ފައްޔާޒް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ވުރެ ޕާޓީ “ހިންގާލަން” މާ މޮޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ.
ފައްޔާޒް ވިދާޅުވީ އެ ކަން ކުރެވެން އޮތީ އެމްޑީޕީގެ ސަރުކާރާއި ޕާޓީ އެކުވެ މަސައްކަތް ކޮށް، ސަރުކާރު ދަމަހައްޓައިގެން ކަމަށް.