އުމުރުން ދުވަސްވުމުން ހަނދާންނެތުމުގެ މައްސަލައަށް ހައްލު ހޯދުމަށް ތައުލީމް ހާސިލްކުރޭ

10 މެއި 2022 - 16:17

އުމުރުން ދުވަސްވުމުންވެސް ފޮތްކިޔުމާއި އަދި އެފަދަ މައުލޫމާތުލިބޭ ކަންކަން ކުރާނަމަ ހަނދާން ގަދަވުމާއި ވިސްނުން ތޫނުވުމަށް މަގުފަހިވާކަމަށް ދިރާސާއިން ދައްކައިފިއެވެ.

އާންމުގޮތެއްގައި އުމުރުން ދުވަސްވުމަކީ ހަނދާން ނެތުމާއި، ހަނދާނަށް އަސަރުކުރާކަމެކެވެ. ދުނިޔޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ގިނައީ ޖަޕާނުގައެވެ. 2021 ވަނަ އަހަރު އެ ގައުމުގެ އާބާދީގެ %29.2 މީހުންނަކީ އުމުރުން ދޮށީ މީހުންނެވެ. އެއީ 36 މިލިއަން މީހުންނެވެ. މީގެތެރެއިން 3.5 މިލިއަން މީހުންނަކީ ޑެމެންޝިއާ ނުވަތަ ހަނދާން ނެތުމާއި މެމޮރީ ލޮސް ވުން ހުންނަ މީހުންކަމަށް ވަނީ ބުނެފައެވެ.

advertisement

2050 ވަނަ އަހަރު ދުނިޔޭގެ އާބާދީގެ %16 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވާނެކަމަށް ދިރާސާއިން ދައްކައެވެ. 2010 ވަނަ އަހަރު ދުނިޔޭގައި 65 އަހަރުން މަތީގެ މީހުންގެ އާބާދީއަކީ %8 އެވެ.

އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑު ނިކަމެތިވުމާއި ހަނދާން ނެތުން 2043 ވަނަ އަހަރު ހުންނާނެ ގޮތާއި ގުޅޭގޮތުން ވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި އެކިއުމުރުގެ 2 ޖިންސުމުގެ މީހުން ވަނީ ބައިވެރިކޮށްފައެވެ. އަދި އެމީހުންގެ ތައުލީމީ ފެންވަރުވެސް ވަނީ ބަލާފައެވެ. އަދި އެމީހުންގެ ސިއްހީ ހާލަތައް ވަނީ ރިއާޔަތްކޮށްފައެވެ. އޭގެތެރޭގައި:

  • ހިތުގެ ބަލި، ހަކުރުބަލި، ކެންސަރު
  • ޑިޕްރެޝަން
  • ދުވާލުގެ ދިރިއުޅުމުގެ ކަންކަން ހުންނަގޮތް

މި ދިރާސާގައި ބުނާގޮތުންނަމަ އުމުރުން ދުވަސްވީ މީހުން ދުނިޔޭގައި ތިބޭ މިންވަރު 2043 ވަނަ އަހަރު އަންނަން ވާއިރަށް އިތުރުވާނެއެވެ. 2016 ވަނަ އަހަރު ލައިފް އެކްސްޕެކްޓެންސީ ރޭޓް 23.7 ގައި އުޅޭއިރު 2043 ވަނަ އަހަރު މިއަދަދު 24.9 އަށް އިތުރުވާނެކަމަށް ވަނީ ބުނެފައެވެ. މީގެތެރޭގައި އަންހެނުންގެ އުމުރު 18.7 އަށް އަދި ފިރެހެނުންގެ އުމުރު 19.9 އަށް އިތުރުވާނެކަމަށް ވަނީ ބުނެފައެވެ.

އުމުރުން ދުވަސްވުމުން ހަނދާން ބަލިވުމާއި ހަނދާން ނެތުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ތައުލީމު ހާސިލްކުރުންކަމަށް ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯސިއަލް ބިހޭވިއަރ އެޓް ދި ޔުނިވަރސިޓީ އޮފް ޓޯކިޔޯއިން ހެދި ދިރާސާއަކުން ދައްކައެވެ. މި ދިރާސާގައި ބުނެފައިވަނީ 2035 ވަނަ އަހަރު އަންނަން ވާއިރަށް އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ތައުލީމު ހާސިލްކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށެވެ. އެގޮތުން ފިރެހެނުންނަށް އެކަނި ބަލާލިކަމުގައިވިއަސް 2016 ވަނަ އަހަރު 55 އަހަރާއި 64 އަހަރުގެ ފިރެހެނުންގެ ތެރެއިން ޔުނިވަރސިޓީއަށްދާ މީހުންގެ އަދަދު %43 ގައި ހުރިއިރު 2035 ގައި މިއަދަދު %60 އަށް އިތުރުވާނެކަމަށް މި ދިރާސާއިން ދައްކައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0