ހާއްސަ އެހީއަށް ބޭނުންވާ ދެކުދިންގެ މަންމައެއްގެ ދުލުން: ވިލިނގިލި ބީޗްގެ މުހިއްމުކަން
16 މެއި 2022 - 12:24
މާލެ ސަރަހައްދުގައި އޮތް ހަމަ އެކަނި ގުދުރަތީ ބީޗްގައި މާލެ ސިޓީ ކައުންސިލުން ފައިބަރ ގްލާސް މަސައްކަތް ކުރުމަށް ބޯޓު ޔާޑެއް ހެދުމުގެ މަސައްކަތް ފަށާފައިވާތީ ވިލިނގިލީގައި ދިރިއުޅޭ މީހުން، އަދި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ފަރާތްތަކުންގެ އަޑަށް ސިޓީ ކައުންސިލުން އަންނަނީ ބީރު ކަންފަތް ދެމުންނެވެ.
މިގޮތުން، ސޭވް ދަ ބީޗް ޖަމިއްޔާއިން އަންނަނީ މިކަމާ ދެކޮޅަށް ކެމްޕެއިންކޮށް އަދި މި ގޮނޑުދޮށް ބޭނުން ކުރަމުން އަންނަ މީހުންގެ ސްޓޭޓްމަންޓް ނަގައި މިކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.
އައިޝަތު އެމީލާ
އެގޮތުން އައިޝަތު އެމީލާ ކިޔާ ވިލިނގިލީގައި ދިރިއުޅޭ 2 ކުދިންގެ މަންމައެއް ބުނެފައިވަނީ ވިލިނގިއްޔަކީ ތެރަޕީވެސް ލިބޭ ތަނެއް ނޫންކަމަށެވެ. އެގޮތުން އޭނާގެ 2 ކުދިންނަށް ތެރަޕީ ދިނުމަށް އޭނާ ބޭނުންކުރަނީ ވިލިނގިލީ މޫދު ކަމަށް ވަނީ ބުނެފައެވެ.
“އެއް ކުއްޖަކީ ޑައުން ސިންޑުރޯމް ހުންނަ ކުއްޖެއް. އޭނަގެ މަސަލްސް ވީކްވަތީ ކަސްރަތު ކުރަން މޫދަކީ އެންމެ ރަންގަޅު. ކުޑަ މީހާ އަކީ ސެރީބުރަލް ޕަލްސީ ހުންނަ ކުއްޖެއްވީމަ އޭނަގެ މަސަލްތަށް ވަރުގަދަކުރަން އޭނަވެސް އެބަޖެހޭ ބީޗަށް ގެންދަން.” އެމީލާ ބުންޏެވެ.
މި ސަރަހައްދަކީ އޭނާއާއި އޭނާގެ އާއިލާގެ އިތުރުން އެހެން ގިނަ ބަޔަކަށްވެސް މުހިންމުތަނެއްކަން ވަނީ ފާހަގަކޮށްފައެވެ.
“މިިކޮޅުމަތިން ތެރަޕީވެސް ނެތީމައި އެކުދިންނަށް ކުޅިވަރުމެދުވެރިކޮށް ތެރަޕީީތަށް ގެންދަންކުރާ އެކްސާސައިޒެށް. ކުޜީގައި ފަތާ ކިލާސްވެސް ނަގާނެ. ހަ ކުދިން އާނމުގޮތެށްގައި ބައިވެރިވެެއެވެ. އެއީ ވިލިންގިލި ކުދިން. ވިލިމާލޭގެ 44 ކުދިން އެއީ ސްޕެޝަލް އޮލިންޕިކްސް ގެ މެންބަރުން. އަނެށް ބީޗްތަކަކަށް ނުދެވޭ އެތަންތަނުގައި ކުޅޭތަނެއް ނެތީމައި. އެކުދިން އެތާގައި (ިއިރުމަތީ ބީޗްގައި) ކުޅެނިންމާފައި ހަމަ އެ ބީޗްއަށް މޫދަށްއެރެނީ. އެ ކުދިންނަށް އެތަން ސޭފްއީ”. އެމީލާ ބުންޏެވެ.
މުހައްމަދު ރަޝީދު
އުމުރުން 66 އަހަރުގެ މުހައްމަދު ރަޝީދުވެސް ފާހަގަކުރީ ހަމަ އެ ކަންބޮޑުވުންތަކެވެ. އޭނާއަކީވެސް ކޮންމެ ދުވަހަކު ވިލިނގިލީ ބީޗް ބޭނުންކުރާ މީހެކެވެ. އޭނާ ބުނީ ކޮންމެ ދުވަހަކު ވިލިނގިލީ ބީޗްއަށް ދަނީ ސިއްހީގޮތުން އޭނާއަށް ދިމާވެފައިވާ ކަންތަކެއް ރަނގަޅުކުރުމަށްޓަކާކަމަށެވެ. އެގޮތުން އޭނާއަކީ ގައިގައި ރިއްސުމާއި، ހުޅުތަކުގައި ރިއްސުމާއި، އާތިރައިޓިސް ހުންނާތީ ޑޮކްޓަރުން ލަފާދީފައިވަނީ ކޮންމެ ދުވަހަކު އޭނާ މޫދަށް ދިއުމަށެވެ.
“އެހެންވެ އެތަނުގައި އެހެން މަސަތްކަތެށް ކުރާކަމަށްވަންޔާ އަޅުގަނޑުމެންނަށް އޭގެ ދަތިއުނދަގޫ ފޯރާނެ. ދޯނިފަރު ވަދެގެންއަންނައިރު މޫދުގައި އުޅޭއިރު ގެއްލުންތަކެށް ލިބިދާނެކަމަށް ބަލަން ވާނީ! ކޮންމެގޮތެށްވިޔަސް އިންޖީނުލީ އުޅަނދުތަށް ވެދެގެންއަންއިރު، ފީނާފަ އަޑީގައި އުޅޭއިރު، މައްޗަށް އަރާއިރު ދޯންޔެއްގަވެސް ޖެހިދާނެ، ލޯންޗެއްގަވެސް ޖެހިދާނެ. އެހެންވީމައި އަހަރުމެން އެކްސިޑެންޓެށްވުން ވަރަށް ކައިރި ހަގީގަތުގައި. މިހެންވެ އަޅުގަނޑުމެން އެކަމާދެކޮޅަށް ވާހަކަދަށްކަން ޖެހޭ ސަބަކީ” މުހައްމަދު ރަޝީދު ބުންޏެވެ.
ސޭވް ދަ ބީޗްއިން މިކަން ކުރަނީ އެންމެންގެ ސިއްޙީ ރައްކަލަކަށް!
މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ‘ލޭންޑް ޔޫޒް ޕްލޭން’ ރެގިޔުލޭޝަންގައިވާ ގޮތުގެ މަތިން ފައިބަރްގްލާސް މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ބަންދުކުރެވިފާ ހުރި، ރަނގަޅަށް ވެންޓިލޭޓް ކުރެވިފައިވާ އަދި މީހުންދިރިއުޅޭ ނުވަތަ އެއްވެ އުޅޭ ސަރަހައްދުތަކާއި މަދުވެގެން 350 ފޫޓު ދުރުގައިވާ ތަންތަނުގައެވެ. ނަމަވެސް އެއާ ޚިލާފަށް މިބޯޓްޔާޑުގައި މަސައްކަތްކޮށްފައިވަނީ ބޭރުތެރެއަށް ފައިބަރުު ދައުރުކުރާނެ ފަދަ ހުޅުވިފާ ހުންނަ ގޮތަކަށެވެ. އަދި ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމާއި ނުރައްކާތެރި މެޓީރިއަލްތައް ނައްތާލުމުގެ އެއްވެސް އުސޫލެއް ނެތިއެވެ.
ފައިބަރު މަސައްކަތުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ސީރިޔަސް އަދި ފުރާނައަށް ނުރައްކާވާފަދަ ހާލަތްތައް ކުރިމަތިވެދާނެއެވެ. ބޯޓުޔާޑުތަކުގައި ބޭނުންކުރެވޭ ރެޒިންގެ ވިހަގަދަ އާވިތައް ހަށިގަނޑަށް އެތެރެވެއްޖެނަމަ ނޭވާލުމުގެ ނިޒާމަށް އަދި ހަޖަމްކުރުމުގެ ނިޒާމަށް އަސަރުކޮށް، މޭނުބައިކޮށް، ހޮޑުލަވާ، ވަރުބަލިވުންފަދަ ކަންކަން ދިމާވެ، އަޑުއިވުމާއި ނާރުތަަކުގެ ބަލިތަށް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވެއެވެ.
ނޭވާލުމުގެ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރާ ކޮވިޑްގެ ބަލިމަޑުކަމުން މުޅި ދުނިޔެ ކިރިޔާ އަރައިގަނެވިގެން އުޅޭ ދަނޑިވަޅެއްގައި އާންމު ރައްޔިތުން މިފަދަ ގެއްލުންތަކަށް ހުށަހެޅޭގޮތަށް ބޯޓްޔާޑު އަޅަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އިރުމަތީ ފަރާތުން ހުޅަނގު ބަނދަރަށް ބޯޓުޔާޑު ބަދަލުކުރުމަކީ މިކަމަށް އޮތް ފުރިހަމަ ހައްލެއް ނޫނެވެ. ހުޅަނގު ފަރާތުގައި ވިޔަސް ފައިބަރު މަސައްކަތްކުރުމުގެ ގަވައިދުތައް ރަނގަޅަށް ތަންފީޒު ނުކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން އާންމުން ނުރައްކަލަށް ހުށަހެޅިގެންދާނެއެވެ. އެހެންކަމުން ހާބަރު ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރެވެންވާނީ އެކަށީގެންވާގޮތަށް ތަައްޔާރު ކުރެވިފާހުރި، ރައްކާތެރި އަދި ބަންްދުވެފާހުރި ތަނެއްގައެވެ. ވިލިމާލޭގައި ބޯޓު މަރާމާތުކުރުމުގެ ކަންކަން ކުރިޔަށް ގެންދަންވާނީ ރަނގަޅު ނިޒާމެއްގެ ތެރެއިން، ދެމެހެއްޓެނިވި ވިސްނުމެއްގެ މައްޗަށް ބިނާވާ ހައްލުތަކެއް ހޯދިގެން އާންމު ފަރުދުންނަށް ގެއްލުން ނުވާ ގޮތަކަށެވެ.
2013 ގައި ސޭވް ދަ ބީޗްގެ ބްލޮގް ޕޯސްޓްތަކުގައި ފާހަގަ ކޮށްފައިވާ ފަދައިން، އާންމުންގެ ތެރެޔަށް ވައިގެމަގުން ނޭދެވޭ ދުންތަކާއި ފައިބަރު ދައުރުކުރާނެ ފަދަ މާހައުލެއްގައި ފައިބަރްގްލާސް މަސައްކަތް ކުރުމަކީ ސީރިޔަސް މައްސަލައެކެވެ. އަދި އެކަމާގުޅިގެން ކުރިމަތިވާ ސިއްހީ މައްސަލަތަކަކީ އަތިރިމައްޗަށް ޒިޔާރަތްކުރާ އެތައް އާއިލާތަކަކަށް އެކަމުގެ އަސަރު ފޯރާނެ ކަމެކެވެ.
ތިމާވެށީގެ ގާނޫނުތަކަށްށް އަމަލު ނުކުރުން
ސޭވް ދަ ބީޗްއިން ބުނީ އެ ޖަމިއްޔާއަށް ފާހަގަ ކުރެވުނު ގޮތުގައި ވިލިމާލޭގައި ބޯޓުޔާޑެއް އެޅުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާކަމަށެވެ. ސަބަބަކީ، ވިލިމާލޭގެ އިިރުމަތީ ހޭޅިފަށުން ރުއްގަސް ނެގުމުގެ ކަންކަން ކޮށްފައިވަނީ ޤާނޫނީ ގޮތުން ހަދަންޖެހޭ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ނުހަދައެވެ. އަދި އަތިރިމަތިން ރުއްގަސް ނެގުމުން ވިލިމާލޭގެ އިރުމަތީ ފަރާތުން މިހާރުވެސް ފެންނަމުންދާ ރަށްގިރުމުގެ މައްސަލަ ގޯސްވެގެންދާނެ ކަމަށް ދިރާސާތަކުން ކަށަވަރު ކޮށްދެއެވެ. ކޮންމެ ރަށެއްގެ އަތިރިމަތީގައި 15 މީޓަރގެ ‘ބަފަރް ޒޯން’ އެއް ހުންނަންޖެހޭނެކަމަށް ‘އަޕްރޫޓިން ޕާމް އެންޑް ޓްރީސް ރެގިޔުލޭޝަން’ ގައި ވަނީ ކަނޑައަޅާފައިވެއެވެ. ވީމާ، މިގޮތަށް އަމަލު ކުރުމަކީ މި ގާނޫނާއި މުޅިން ޚިލާފު ކަމެކެވެ.
އަދި ތިމާވެށްޓާ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުަ މުޅިދުނިޔެއަށާއި ހާއްސަކޮށް ދިވެހި ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ، އަދި އެކަމާ ދިވެހި ސަރުކާރުން ބައިނަލްއަގުޤުވާމީ ސްޓޭޖުތަކުގައި އަޑުއުފުލާ ބޮޑުތި ޤައުައުމުތަށް އިތުރަށް ހޭލުންތެރިވެ ހަރަކާތްތެރިވުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމުން ފެންނަނީ ކަމާބެހޭ ފަރާތްތައް ދުރުރާސްތާ ޕްލޭންކުރުމަށް ނާގާބިލިއްޔަތުވެފައިވާތަންކަމަށްވެސް ވަނީ ބުނެފައެވެ.
ވައުދާ ޙިލާފުވެ، ގުދުރަތީ މާހައުލަކުން މަޙްރޫމް ކުރުވުން
ގުދުރަތީ ރީތިކަން ލިބިގެންވާ ގޮނޑުދޮށްތަކާއި އަތިރިމަށްޗަކީ މިއަދުގެ ޖީލުތަކުގެ ދިރިއުޅުމާއި ބީރައްޓެހި ތަންތަނަށް ވަނީ ވެފައެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަށް މިދިޔަ އަހަރުތަކުގެ ތެރޭގައި އެތައް މުހިއްމު ގުދުރަތީ ވަސީލަތްތަކެއް ގެއްލިފައިވެއެވެ. އެހެންކަމުން، ރާއްޖޭގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް “ދިރިއުޅޭނެ ސާފު އަދި ސިއްޙަތަށް ރަނގަޅު މާހައުލެއް“ ކަށަވަރުކޮށްދިނުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ސޭވް ދަ ބީޗުގެ ފަރާތުން ވަނީ ގޮވާލާފައެވެ.