މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

17 މެއި 2022 - 18:38

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ “އެޕްރެންޓިސްޝިޕް ޕްރޮގްރާމް” އިއުލާންކޮށްފި

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ 2022 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ވަނީ އިއުލާންކުރެވިފައެވެ.

މި ޕްރޮގްރާމަކީ އެޗް.ޑީ.ސީގެ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެޗް.ޑީ.ސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެއެވެ.

advertisement

އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) އެވެ.

ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ އެގްޒެކެޓިވް ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ އެގްޒެކެޓިވް ސެކްރެޓަރީ ހަރ އެކްސެލެންސީ ޕެޓްރީޝިއާ އެސްޕިނޯސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޕިނޯސާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރުމުގައި އިތުބާރާއި އިޚްތިޔާރު ލިބިގެންވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ތިން ސަފީރަކު ރައީސަށް ފަތްކޮޅު އަރުއްވައިފި

މިޞްރު، ދެކުނު އެފްރިކާ، އަދި އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށްސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މިފްކޯއަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުން

މިފްކޯއަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއީ 2020 ވަނަ އަހަރު ލިބުނު 1 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެެވެ.

ރިއެކްޝަންސް
0
0
0
0
0
0
0