މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

21 މެއި 2022 - 17:56

އިދާރާއަކުން ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ: ނައިބު ރައީސް

އިދާރާއަކުން ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންނަށް ކުރާ ހޭދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

advertisement

ޝަރުޢީ ދާއިރާގެ ނޫސްވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

ކޯޓުތަކާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް އަމާޒުކޮށް ޚާއްސަ ވޯކްޝޮޕެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ފަށައިފިއެވެ. އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ކުރިއަށްދަނީ އިސްކަންދަަރު ކޮށީގައެވެ.

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ކުރުނބާ މޯލްޑިވްސްގައި މިރޭ 30:20 ގައި އޮތް ރަސްމިއްޔާތެއްގައި “ފަހިވޯޓު” މެދުވެރިކޮށް ބާއްވައިފިއެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ މުޅިއަ ކު 556 ހިއްޞާދާރުންނެވެ. އަދި މި ބޭފުޅުން ތަމްސީލްކުރެއްވީ މުޅިއަކު 805,629,5 ހިއްޞާއެވެ.

މޭ މަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު 2019އަށް ވުރެ އިތުުރު

މޭ މަހު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދު 2019އަށް ވުރެ އިތުުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 71155 ފަތުރުވެރިން އައިސްފައެވެ. ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ މޭމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 57601 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ މެއިމަހު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދަކީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު 23.5 އިންސައްތަ އިތުރު އަދަދެކެވެ.

ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެއްސަކު ނިޔާވެއްޖެ

އިންޓަކޮންޓިނެންޓަލް މާނާގައު ރިސޯޓުގައި އިމާރާތެއްގެ ސިޑިއަކުން ވެއްޓުނު ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު މީހެއްގެ މައުލޫމާތު ރޭ 12:49 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާތީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0