ބްރޮކޮލީ ހުރިހާ އުމުރަކަށްވެސް ރަނގަޅު، ޙާއްސަކޮށް ދުވަސްވީ އަންހެނުންނަށް

29 މެއި 2022 - 16:44

މޭވާއާއި ތަރުކާރީގެ ކޮންމެ ބާވަތަކުންވެސް އަހަރެމެންގެ ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެެއް ލިއްބައިދެއެވެ. އެކި މޭވާއާއި ތަރުކާރީއިން ލިއްބައިދެނީ އެކި ފައިދާތަކެވެ. މިގޮތުން ބްރޮކޮލީއަކީ މިހާރު ދިވެހިންގެ ކެއުމުގައިވެސް ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. މި އާޓިކަލްގައި މި ބަލާލަނީ ބްރޮކޮލީއިން ލިބޭ ބައެއް ސިއްހީ ފައިދާތަކަށެވެ.

ވެސްޓަން އޮސްޓްރޭލިއާ ޔުނިވަސިޓީން ހެދި ދިރާސާގައި ބުނެފައިވާ ބުނަނީ ބްރޮކޮލީ ފަދަ ތަރުކާރީގެ ބާވަތްތަކަކީ ދުވަސްވީ އަންހެނުންނަށް ވަކިން ހާއްސަކޮށް ފައިދާ ބޮޑު އެއްޗެއް ކަމަށެވެ. އެގޮތުން ބްރޮކޮލީ އާއި ކޮލިފްލާވާ އަދި ކެބެޖް ފަދަ ބާވަތްތައް އާންމުކޮށް ކެއުމުގައި ބޭނުން ކުރާ އަންހެނުންގެ ނާރުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

advertisement

ކޮންމެ ދުވަހަކު ކެއުމުގައި މަދުވެގެން ތިން ފަހަރު ބްރޮކޮލީ ކެއުމަކީ ދުވަސްވީ އަންހެނުންގެ ކަނދުރާގެ ނާރުތަކަށް ދިމާވާ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.

ދުވަސްވީ އަންހެނުން ނޫނަސް ކޮންމެ އުމުރެއްގެ މީހަކަށްވެސް ބްރޮކޮލީއަކީ ހަމަ ވަރަށް ފައިދާބޮޑު ތަރުކާރީއެކެވެ. ބްރޮކޮލީ ކެއުން ރަނގަޅީ އާވިން ކައްކައިގެންނެވެ. އަދި ބޮރޮކޮލީގައި އެއްވެސް ވަރަކަށް ފެޓްސް އެކުލެވިގެން ނުވެއެވެ. އަދި މިއީ 90 ޕަސެންޓް ފެން އެކުލެވިގެންވާ، ހަތް ޕަސެންޓް ކާބްސްއާއި ތިން ޕަސެންޓް ޕްރޮޓީންސް އެކުލެވިގެންވާ ތަރުކާރީއެކެވެ.

އާވިން ކައްކާފައި ހުންނަ ބްރޮކޮލީ އާންމުކޮށް ކާ ކަމުގައި ވަނީނަމަ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެއެވެ. ސަބަބަކީ ބްރޮކޮލީ އަކީ ކޮލެސްޓްރޯލް ދަށްކޮޮށްދޭ ތަރުކާރީއަކަށް ވާތީއެވެ. ބްރޮކޮލީ ކެއުމުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށްވެސް ދިރާސާއެއްގައި ވަނީ ދަށްކާފައެވެ.އުމުރުން ދުވަސްވުމުން ލޮލަށް ޖެހޭ ބަލިތައް ކަމަށްވާ ކެޓަރެކްޓް އަދި މެކިޔުލާ ޑިޖެނެރޭޝަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބްރޮކޮލީ ކެއުމުގެ ސަބަބުން ކުޑަވެގެން ދެއެވެ. މިއީ ހަންގަނޑުވެސް ތާޒާކޮށް ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ތަރުކާރީއެކެވެ. އެހެންކަމުން ކެއުމުގައި ބްރޮކޮލީ ހިމަނާށެވެ.

ރިއެކްޝަންސް
0
12
3
1
0
1
0