މޯލްޑިވްސް ކަސްޓަމްސް ސަރވިސް އޮފިޝަލުންގެ ޤާބިލިއްޔަތުކަން އިތުރު ކުރަނީ
4 ޖޫން 2022 - 15:59
2 ޖޫން 2022ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައިވަނީ އިންޑިޔާގެ މުމްބާއިގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސް (އެން.އޭ.ސީ.އައި.އެން)އަށް 6 ޖޫން އިން 1 ޖުލައި 2022އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ 30 ކަސްޓަމްސް އޮފިސަރުން ފޮނުވާލުމުގެ ރަސްމިއްޔާތެއް ބާއްވާފައިއެވެ.
މި ދަތުރުގައި އޮފިސަރުން، ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ޤާނޫނު ތަންފީޒުކުރުމުގެ މަޢުލޫއަށް ބިނާކޮށް ހިންގޭ ހަތަރު ހަފްތާގެ ތަމްރީނެއްގައި ބައިވެރިވުމަށްހަމަޖެހިފައިވެއެވެ. މި ތަމްރީން ޕްރޮގްރާމްގައި އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރުންވެސް ހިމެނެއެވެ.
އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްއާއި އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުالله ޝަރީފްވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިއެވެ.
ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްވަނީ މިހާތަނަށް މުމްބާއީގެ އެން.އޭ.ސީ.އައި.އެންގެ ފަރާތުން އިންތިޒާމްކޮށް ބޭއްވިފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓްތަކުގައި ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވުން ފާހަގަކުރައްވާފައިއެވެ. ކަސްޓަމްސް ކޫޕަރޭޝަން އެމް.އޯ.ޔޫގައި ސޮއިކުރެވިފައިވަނީ ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިއެވެ.
ޑެޕިއުޓީ ހައިކޮމިޝަނަރ ރޯހިޓް ރިތޭޝްގެ ވާހަކަފުޅުގައި، ކަސްޓަމްސްގެ ބޭނުމަށްޓަކައި އިތުރު ދެތިން ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރުތެރޭގައި ބޭއްވުމަށް އިންތިޒާމްކުރެވެމުންދާކަމުގައި ދެންނެވިއެވެ. މީގެއިތުރުން އިންޑިޔާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރި 2021 ވަނަ އަހަރު %31 ކުރިއަރާފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ. 2021ވަނަ އަހަރުގައި މި އަދަދު ވަނީ ފުރަތަމަ ފަހަރަށް 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވެ، 323 މިލިއަން އެމެރިކާ ޑޮލަރާއި ހިސާބައްފޯރާފައިއެވެ. އަދި 2021ވަނަ އަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރި ފަސް ޤައުމުތަކުގެ ތެރޭގައި އިންޑިޔާވަނީ ހިމެނިފައިއެވެ.
އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުންވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައިއެވެ. އެގޮތުން މިހާތަނަށް 100 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީންދެވިފައިއެވެ. އަދި އިރުތު 90 ކަސްޓަމްސް އޮފިޝަލުންވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފައިއެވެ. ސީ.ބީ.އައި.ސީ އާއި އެމް.ސީ.އެސް އާ ދެމެދު އަލަށް ސޮއިކުރެވުނު ޕްރީ-އެރައިވަލް އެކްސްޗޭންޖް އޮފް ކާގޯ ޑޭޓާ އާއި ބެހޭ އެމް.އޯ.ޔޫގެ ދަށުން ޕްރީ-އެރައިވަލް ކަސްޓަމްސް ޑޭޓާ އެކްސްޗޭންޖްގެ އައު މަޝްރޫޢެއްވަނީ އިފްތިތާޙްކުރެވިފައިއެވެ. މި މަޝްރޫޢުގައި ދެ ކަސްޓަމްސް ވުޒާރާގެ ދެމެދުގައި ޓެކްނޮލޮޖީގެ ޒަރިއްޔާއަށް އިސްކަންދީ ކަސްޓަމްސް ޑޭޓާ ވަގުތުން ބަދަލުކުރުމަށްމަގުފަހިވެގެންދާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި ރިސްކް މެނޭޖްމަންޓް ބޭނުންކޮށް ފުޅާކުރުމަށް މަގުފަހިވުމާއިއެކު އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ކޮމްޕްލައަންސް މޮނީޓަރިންގ ހިންގުމަށް އެހީތެރިވެގެންދާނެކަމުގައި ބެލެވެއެވެ.