އަނގަ ފާރު އެޅުމުން ގޭގައި ދެވިދާނެ ފަރުވާ

13 ޖޫން 2022 - 11:42

އަނގަފާރު އެޅުމަކީ އަނގައިގައި ފާރު އުފެދި ރިހުމެއްހުރެ ރަނގަޅުވާން ބައެއް ފަހަރު ގިނަދުވަސް ނަގާ ކަމެކެވެ.

ދިލަ ތަދެއް ނަގާ މި ފާރު އާންމުންކޮށް ނަގާ އުޅެނީ ތުންފަތުގެ އެތެރެ ފަޅީގަޔާއި ހިރުގަނޑުގެ އިތުރުން ދުލުގައެވެ. މި ފާރުގެ ސަބަބުން އަނގަ ހަލުވާލަން ނުކެރޭވަރު ވެސް ބައެއް ފަހަރު ވެއެވެ. އާންމުކޮށް އަނގަފާރު އެޅުމުން ގިނަ ދިވެހިން ބޭނުން ކުރަނީ ބޮންޖަލާއެވެ. މި ލިޔުމުގައި ހިމަނާލާނީ ގޭގައި ތައްޔާރު ކުރެވޭނެ ބައެއް ތަކެއްޗަށެވެ.

advertisement

އަލޯވެރާ ކޮޅަކާ ފެންފޮދަކާ އެއްކޮށްލުމަށްފަހު އަނގަތެރެ ދޮވެލާށެވެ. އަނގަ ދޮވެލާއިރު ފާރު ހުރި ތަންތަނުގައި ފެން ޖެއްސުން ވަރަށް މުހިއްމެވެ.

ކަރަންފުލަކީ ބެކްޓީރިއާ ނައްތާލާ އެއްޗެކެވެ. އެހެންކަމުން އަނގަފާރުން ސަލާމަތްވުމަށް ކަރަންފުލެއް ކާލެވިދާނެއެވެ. ކާށި ތެޔަކީވެސް އަނގަފާރުވުން އަވަހަށް ފަސޭހަކޮށްދޭ އެއްޗެކެވެ. ފާރުކޮޅުގައި ކާށި ތެޔޮ ކޮޅެއް ހާކާލުމުން އެތަން ވަރަށް އަވަހަށް ފަސޭހަވާނެއެވެ.

މީގެ އިތުރުން ރީނދޫކޮޅަކާ ކުޑަ ފެންކޮޅަކާ ރަނގަޅަށް އެއްކޮށްލުމަށްފަހު ފާރުކޮޅުގައި ހާކާލާށެވެ. 15 ވަރަކަށް މިނެޓު ފަހުން ރަނގަޅަށް އަނގަތެރެ ދޮވެލާށެވެ. އެއިރުން އަނގަފާރުން ސަލާމަތްވާލެ އަވަސްވެގެންދާނެއެވެ.

އާންމުގޮތެއްގައި ގިނަގިނައިން އަނގަފާރުވަރީ ދުންފަތުގެ އިސްތިއުމާލުކުރާތީއެވެ ދަތްޕިލައިގައި އަޅާ ނަރުގަނޑުގެ ސަބަބުުން ވެސް އަނގަފާރުވާން ދިމާވެއެވެ. އެލާޖީ އެއްގެ ސަބަބުން ނުވަތަ ބެކްޓީރިއާ އުފެދިގެން ވެސް އަނގަފާރުވާން އަޅައެވެ.

ރިއެކްޝަންސް
2
4
3
7
4
0
3