ބައެއް މޭވާއާއި ތަރުކާރީ ގިނަދުވަހަށް ބޭނުންކުރުމަށް ހަދަންވީ މިހެން

13 ޖޫން 2022 - 15:11

ގެއަށް ގަންނަ މޭވާއާއި ތަރުކާރީ މާއަވަހަށް ހަލާކުވަނީ ހެއްޔެވެ؟ މިގޮތައް އާންމުކޮށް ދިމާވަނީ އެތަކެތި ރައްކާކުރަންވާ ގޮތް ނޫން އެހެން ގޮތްގޮތައް ރައްކާކުރެވޭތީއެވެ. އެހެންކަމުން މޭވާއާއި ތަރުކާރީ ރައްކާކުރަންވީ ރަނގަޅުގޮތް އިނގިފައި އޮތުމަކީ އެތަކެތި ގިނަ ދުވަހަށް ހުންނާނެގޮތް ހެދުމަށް ވަރަށް މުހިންމު ކަމެކެވެ. މި ހިމަނާލަނީ މިފަދަ ބައެއް ތަކެތި ގިނަ ދުވަހަށް ރައްކާތެރިކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެވެ.

ސްޓްރޯބެރީ

ގިނަ ފަހަރު ފިހާރަތަކުގައި ސްޓްރޯބެރީ ވިއްކަން ހުންނަނީ ޕްލާސްޓިކް ޓްރޭ ތަކުގަ އެވެ. ނަމަވެސް ސްޓޯބެރީ ގިނަދުވަހަށް ބަހައްޓަން ބޭނުންނަމަ ޕްލާސްޓިކް ޓްރޭއިން ނަގައި ސްޓްރޯބެރީތައް ބިއްލޫރި ފުޅިއަކަށް އެޅިދާނެއެވެ. އެއިރުން ހަފްތާއަކަށްވުރެ ގިނަ ދުވަހު ބޭނުންކުރެވޭނެއެވެ.

advertisement

ފެހި ފަތް

ޕާސްލީ، ކޮރިއަންޑާ އަދި މިންޓް ލީވްސް ގަންނައިރު ހުންނަނީ ޕްލާސްޓިކް ވްރެޕްއެއްގައެވެ. އެހެންކަމުން މިތަކެތި ގިނަދުވަހު ބޭނުންކުރެވޭނެ ގޮތް ހެދުމަށް ފެން އެޅި ފުޅިއަކަށް އެޅުމަކީ ހަފްތާއަކަށްވުރެ ގިނަ ދުވަހު މި ފަތްތައް ހަމަ ޔަގީނުންވެސް ބޭނުންކުރެވޭނެއެވެ.

ލުނބޯ

އާންމުގޮތެއްގައި އަހަރެމެން ލުނބޯ ބަހައްޓަނީ ފްރިޖްގައި ޕްލާސްޓިކް ކޮތަޅަކަށް އަޅާފައެވެ. ނަމަވެސް ލުނބޯ ގިނަ ދުވަހަށް ބަހައްޓަން ބޭނުންވާނަމަ ޕްރިޖަށް ލުމުގެ ކުރިން މަތި ޖެހޭ އެއްޗަކަށް ފެން އެޅުމަށްފަހު އެއަށް ލުމުން އިތުރު ތިން މަސް ދުވަހު ލުނބޯތައް ހަލާކު ނުވެ ހުންނާނެއެވެ.

އެވަކާޑޯ

އެވޮކާޑޯއެއް ފެޅުމަށްފަހު 2 ވަނަ ފަހަރަށް ބޭނުންކުރަން ވާއިރަށް ހަލާކުނުވެ ބޭއްވުމަށް ރީޔޫސަބަލް ތަށްޓެއްގައި ފިޔައެއްގެ މަތީގައި ބާޢްވާލާށެވެ. އެވަކާޑޯގެ ތޮށި ހުންނަ ފަޅި ފިޔަލުގައި ޖެހެންވާނެ އެވެ. މިހެން ބޭއްވުމުން ގާތްގަނޑަކަށް ފަސް ދުވަސް ވަންދެން އެވަކާޑޯ ހަލާކުނުވެ ހިފަހައްޓައިދެ އެވެ.

ރިއެކްޝަންސް
1
1
2
0
0
0
1