އަލަށް ކަމެއް ކުރަން އުޅޭއިރު އުނދަގޫވާނެ. “ގިވްއަޕް” ކުރުމުގެ ބަދަލުގައި މިކަންކަން ކުރޭ

16 ޖޫން 2022 - 15:36

ކަންކަން އުނދަގޫވުމުން ދެން މިކަން ނުވާނެއޭބުނެ “ގިޕްއަޕް” ކުރަން އުޅެވޭހެއްޔެވެ؟ ތިމާ އަމިއްލައަށް ފެއިލް ވެއްޖެކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟ އަމިއްލަ މީހާގެ ބެސްޓް ދިނުމަށްފަހުގައިވެސް އެއްވެސް ކަމެއް ރަނގަޅަށް ނުދާކަމުގެ އިހްސާސް ވަރަށް ގިނަ މީހުންނަށް ކުރެވެއެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ.

ޑިސަޕޮއިންޓްމަންޓަކީ މީހާ ކުރަން ބޭނުންވާ ކަންތައްތަކާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްނުކުރެވުމަށް މެދުވެރިވެދާނެ ސަބަބެކެވެ. ބައެއްފަހަރު އެހެން މީހުން ތިމާގެ ފަރާތުން ބޭނުންވާ ކަންކަން އެ މިންވަރަށް ހާސިލްނުވާނަމަވެސް އަމިއްލަ މީހާ ޑިސަޕޮއިންޓް ވެދާނެއެވެ. ނަމަވެސް އަމިއްލަ މީހާ ވިސްނަންވީ ކަމަކީ ކަންކަން އުނދަގޫވުމުން ގިވްއަޕް ކުރުމަކީ ހައްލު ނޫންކަމެވެ. ތިމާ ކުރަންބޭނުންވާ ކަމެއް ވަކި ހިސާބަކުން ހުއްޓާލައިފިނަމަ ފަހުން އެކަމާއި ކޮންމެވެސް ދުވަހަކުން ހިތާމަކުރަން ޖެހޭފަދަ ހާލަތެއް އައިސްދާނެއެވެ. އެހެންކަމުން މި އާޓިކަލްގައި މި ބަލާލަނީ ގިވްއަޕް ނުކޮށް ކަންކަމައިގެން ކުރިއަށްދެވިދާނެ ގޮތްތަކެވެ.

advertisement
  • އަމާޒާއި އެކަން ހާސިލްކުރަން ބޭނުންވާ ބޭނުން ހަނދާންކޮށްދީ

އަލުން ތިމާގެ މޮޓިވޭޝަން ގެނައުމަށްޓަކައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއާއި އެކަން ހާސިލްކުރަން ބޭނުންވަނީ ކީތްވެގެންކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދޭށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަން ހާސިލްކުރަން ބޭނުންވީ ކީތްވެގެންކަމާއި އަދި މިހާހިސާބަށް އައުމަށްފަހު އެހުރިހައި ކަމެއް ދޫކޮށްލަން ހަމަ އަސްލުވެސް އަމިއްލަ ނަފްސު ބޭނުންވޭތޯ ސުވާލުކޮށްލާށެވެ.

  • ތިމާގެ އިންސްޕިރޭޝަންއަކީ ކޮންބައެއްތޯ ބަލާ

ދިރިއުޅުމުގައި ތިމާގެ އިންސްޕިރޭޝަންއަކީ ކޮންބައެއްތޯ ބަލާށެވެ. އޭގެތެރޭގައި ތިމާގެ އާއިލާއާއި ގާތް ރަހުމަތްތެރިން ހިމެނޭނެއެވެ. އެމީހުން ތިމާގެ ދިރިއުޅުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެއެވެ. ގިވްއަޕްކޮށްގެން އެމީހުން ދެރަކުރަން ބޭނުންތޯ އަމިއްލަ ނަފްސަށް ސުވާލުކުރާށެވެ.

  • މިހާހިސާބަށް އަންނަންވީ ގުރުބާނީ ހަނދާންކުރޭ

މިހާހިސާބުން ތިޔަކަމެއް ނުވާނެކަމަށް ބުނެ ދޫކޮށްލައިފިނަމަ ތިޔަ ހިސާބަށް އަންނަން ހޭދަކުރި ވަގުތާއި ކުރި މަސައްކަތް ބޭކާރުވީއެވެ. އެހެން އެކަންވާން ބޭނުންތޯ ސުވާލުކޮށްލާށެވެ. ހަމަގައިމުވެސް ކުރި ހުރިހައި މަސައްކަތެއް ބޭކާރުވާކަށް ބޭނުމެއްނުވާނެއެވެ.

  • ގިރާކުރި އުނދަގޫތައް ހަނދާންކުރޭ

މިކަން ނުވާނެއޭބުނެ ދޫކޮށްލަން އުޅޭ ހިނދު މާޒީގައި ތިމާ ގިރާކުރި ދަތި އުނދަގޫތައް ހަނދާންކުރާށެވެ. މާޒީގައި އެ ދަތި އުނދަގޫތައް ގިރާކުރިނަމަ މިހާރުވެސް އެކަންކަން ވާނެކަން އަމިއްލަ ނަފްސަށް ބުނެދޭށެވެ.

  • ތިޔައީ ގިވްއަޕް ކުރާނެ މީހެއް ނޫންކަން ބުނެދީ

އަމިއްލަ ނަފްސަށް ތިޔައީ ކަންކަމުގައި ގިވްއަޕް ކުރާނެ މީހެއް ނޫންކަން ބުނެދޭށެވެ. މިވަގުތުގައި އަދި ދަތި އުނދަގޫތަކާއި ކުރިމަތިވި ނަމަވެސް ތިމާއަކީ އުނދަގޫ ހާލަތެއް ދިމާވުމުން އެކަމަށް ފިލާނެ މީހެއް ނޫންކަން އަންގަދޭށެވެ. މިއީ އަމިއްލައަށް މޮޓިވޭޓްވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

  • މޮޓިވޭޓް ކޮށްދެވޭނެ މީހަކަށް ކަންކަން ހިއްސާކުރޭ

ދިރިއުޅުމުގައި ދަތި އުނދަގޫ ހާލަތްތައް ދިމާވުމުން އަމިއްލަ ނަފްސު މޮޓިވޭޓް ކޮށްދޭނެ ބަޔަކު ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އިތުބާރުކުރެވޭ މީހަކާއި ތިޔަކަންތައް ހިއްސާކޮށްލާށެވެ. އެއިރުންވެސް މޮޓިވޭޓްވެ ކުރިއަށްދިއުމަށް އެހީއަކަށް ވާނެއެވެ.

  • ބޮޑެތި ކަންކަން ހާސިލްކުރުމަށް އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެ

ޑައިމަންޑް އެހާ އަގުބޮޑީ ކީތްވެގެންކަން އިނގޭ ހެއްޔެވެ؟ އެއީ ޑައިމަންޑަކީ ގަހެއްގައި އަޅާ އެއްޗެއް ނޫނެވެ. އެ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެއީ އެ އަގުބޮޑުވުމުގެ ސަބަބެކެވެ. އެހެންކަމުން ބޮޑެތި އުފާވެރި ކަންކަން ހާސިލްކުރުމަށް ގިރާކުރަންޖެހޭ ކަންކަން އުނދަގޫވާނެކަން އަމިއްލަ ނަފްސަށް ބުނެދޭށެވެ.

  • މައްސަލައަކީ ދިރިއުޅުމުގެ ބައެއްކަން އަންގަދީ

ދިރިއުޅުމަކީ ފަސޭހަ ކަމެއްނޫނެވެ. އެކަން އަމިއްލަ ނަފްސަށް އަންގަދޭށެވެ. ދިރިއުޅުމުގައި ކުރިއަށްދާއިރު ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެކަން އަމިއްލަ ނަފްސަށް ބުނެދިނުމުން އެކަންކަމުން އަރައިގަންނަން ފަސޭހަވެގެންދާނެއެވެ.

  • ަބްރޭކެއް ނަގާލާ

ވަރުބަލިވެއްޖެނަމަ ބްރެކެއް ނަގާލާށެވެ. ނަމަވެސް ގިވްއަޕް ނުކުރާށެވެ. ބްރޭކެއް ނަގާލާ ކޮންމެވެސް ތަނަކަށްވެސް ދެވިދާނެއެވެ. އަނބުރާ އަންނައިރު ހުންނާނީ ސިކުނޑި ތާޒާވެފައެވެ. އައިސް ކުރިން ހުރި ހިސާބުން ފެށިދާނެއެވެ.

ރިއެކްޝަންސް
3
5
0
0
1
0
0