އިގްތިސާދު ދަށަށް ދަނިކޮށް، ސަރުކާރުން ސްޕޯޓްސް އެވޯޑަށް 6.1 މިލިޔަން ރުފިޔާ ހޭދަކުރި ގޮތުގެ ތަފްސީލު

21 ޖޫން 2022 - 17:20

ޔޫތް މިނިސްޓްރީ އިން އިންތިޒާމު ކޮށްގެން މިއަހަރު މާޗް މަހު ބޭއްވި ގައުމީ ސްޕޯޓްސް އެވޯޑް ގައި ބައިވެރިވި ލެޖެންޑުންނާއި މެހުމާނުންނަށް ދައުވަތު ދިނުމުގެ ގޮތުން 2.5 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ގޮތުގެ ތަފްސީލު އެ މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާއްމު ފަރާތަކުން ހުށައެޅި އާރްޓީއައި ފޯމަށް ޖަވާބުދެމުން އެ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އެވޯޑު ހަފްލާގެ މިއުޒިކް ޝޯ އަށް އެކަނި 839،819 ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ހަފްލާއަށް މީހުން ގެނައުމުގެ ހަރަދަށް ހޭދަ ކުރި 2.5 މިލިޔަން ރުފިޔާ އަކީ އެކި ގައުމުތަކުން މީހުން ގެނައުމަށްޓަކައި އެފަރާތްތަކުގެ ޓިކެޓަށް ހޭދަކޮށްފައިވާ ފައިސާއެވެ.

މި އިވެންޓު މެނޭޖްމެންޓަށް އަދި ހަފްލާގައި ދައުވަތު އެރުވި 500 މެހުމާނުންގެ ރޭގަނޑުގެ ކެއުމަށް 2.8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެވޯޑާއި ޓްރޮފީ ހެދުމަށް ބައި މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ހަފްލާ ބޭއްވުމަށް ޖުމުލަ …. މިލިޔަން ރުފިޔާ ހަރަދު ކުރި އިރު މީގެ ތެރެއިން 2 މިލިޔަން ރުފިޔާ އަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ފައިސާއެވެ. ބާކީ 4.1 މިލިޔަން ރުފިޔާ އަކީ ސްޕޮންސާސްގެ ގޮތުގައި ހޯދާފައިވާ ފައިސާއެވެ. މި ފައިސާ ދީފައިވާ ސްޕޮންސަރުންގެ ތެރޭގައި ތިން ކުންފުނި ފިޔަވާ ދެން ހިމެނެނީ ދައުލަތުގެ ކުންފުނިތަކެވެ. އޭގެ ތެރޭގައި އެމް.ޓީ.ސީ.ސީ، އެޗް.ޑީ.ސީ، ސްޓެލްކޯ، ފެނަކަ، އެމް.ޑަބްލިއު.އެސް.ސީ ހިމެނެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ދަށްވަމުން އަންނަކަމާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑުތަނުން އަސަރުކުރާނެ ކަން އެނގިތިބެ މީގެ 3 މަސް ކުރިން ސަރުކާރުން މިފަދަ ހަފްލާއަކަށް މިހާ ގިނަ ފައިސާ ހޭދަކޮށްފައިވާ ކަމީ ގިނަ ރައްޔިތުން ކަންބޮޑުވާ އަދި ފާޑުކިޔާ ކަމެކެވެ. މި މަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަރަދުކުޑަ ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0