މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

21 ޖޫން 2022 - 18:07

މިއަދު ޔޯގާ އެކްޓިވިޓީ ރޫޅާލުމަށް ހިންގި ހަމަނުޖެހުން ފުލުހުން ބަލަންފަށައިފި

މިއަދު ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ހިނގި ހާދިސާއާއި ގުޅިގެން ރާއްޖޭގެ ފުލުހުން އެކަން އިންވެސްޓިގޭޓް ކުރަން ފަށައިފި އެވެ.

advertisement

ހައްޖު ކޯޕަރޭޝަން ހިންގަން ހުޅުމާލެއިން ބިމެއް ދޫކުރަނީ

ހައްޖު ކޯޕަރޭޝަނުގެ އޮފީހެއް ހުޅުމާލޭގައި އިމާރާތް ކުރުމަށް އެޗްޑީސީއާއި ހައްޖު ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއެ ކޮށްފި އެވެ.

ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓްގެ ކާސްޓިންގ މަސައްކަތްތައް ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޅ. އަތޮޅުގައި މިއަހަރު އިތުރު 2 ރިސޯޓް ހުޅުވޭނެ: މިނިސްޓަރ މައުސޫމް

ރާއްޖޭގެ އެކި ސަރަހައްދަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ އަތޮޅުގައި މިއަހަރު އިތުރު 2 ރިސޯޓް ހުޅުވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑިޕްލަމަސީގައި މަސައްކަތްކުރާ އަންހެންވެރިންގެ ދުވަހެއް ފާހަގަ ކުރަނީ

ޑިޕްލަމަސީގައި މަސައްކަތްކުރާ އަންހެންވެރިންގެ ދުވަހެއް ފާހަގަ ކުރަން އދ ގެ އާންމު މަޖިލީހުން ފާސްކޮށްފި އެވެ. މި ގަރާރަކީ ރާއްޖޭގެ ފަރާތުން ހުށްހެޅުއްވި ގަރާރެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0