ޑަޗް ޑޮކްލޭންޑަށް މާލެ އަތޮޅުން ހިލޭ 5 ފަޅު ދިން ކަން ފަޅާއަރައިފި — އެކުންފުނިން ވަނީ އޭގެތެރެއިން 3 ފަޅު ވިއްކާލާފައި

23 ޖޫން 2022 - 13:36

މާލެ ކައިރީގައި ފްލޯޓިން ސިޓީ އެއް ހެދުމަށް ހަވާލުކުރި ޑަޗްލޭންޑް ކުންފުނިން ވަނީ ސަރުކާރު ސްކޭމް ކޮށްފައި ކަމަށް މިނިސްޓަރ ފައްޔާޒު ބުނެފިއެވެ.

މިނޫހަށް ވަނީ އެމްޑީޕީ ގެ ގައުމީ މަޖިލިސް ގެ ވަޓްސްއަޕް ގްރޫޕް ތެރޭގައި މިކަމާއި މެދު ދެކެވިފައިވާ ވާހަކަ ތަކެއްގެ މައުލޫމާތު ލިބިފައެވެ. މި ވާހަކަތަކުގެ ތެރޭގައި މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ ޑޮކްލޭންޑު ކުންފުންނިން ރާއްޖޭގެ ސަރުކާރާއި މެދު ވެފައިވާ މުއާމަލާތްތަކަކީ ސްކޭމެއް ކަމަށާއި، އެކުންފުންޏަށް ސަރުކާރުން ހިލޭ ދީފައިވާ 5 ފަޅުގެ ތެރެއިން 3 ފަޅު އެ ކުންފުނިން މިހާރު ވަނީ ވިއްކާލާފައި ކަމަށާއި އަދި ބާކީ ދެ ފަޅު ހިއްކައިގެން ހަ ރިޒޯޓު ހަދައި ވިއްކުމަށް އެކުންފުނިން މަސައްކަތް ކުރަމުން ދާ ކަމަށް ފައްޔާޒު ބުނެފައިވެއެވެ.

advertisement

މި ޗެޓްގައި މިނިސްޓަރު ފައްޔާޒުގެ ނަމްބަރުން މެސެޖުކޮށްފައިވާ ފަރާތުން ލިޔެފައިވާ ގޮތުގައި ޑަޗް ޑޮކްލޭންޑް އިން ފްލޯޓިން ސިޓީ ނުހަދާނެއެވެ.

އެކުއިޒިޝަން ކޯސްޓެއްނެތި ޑަޗް ޑޮކްލޭންޑަށް މާލެއަތޮޅުން ފަޅުތަކެއް ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި އަދި އެފަޅުތައް އެހެންފަރާތަކަށް ވިއްކާލުމުގެ ފުރުސަތުދިން ޑަޗް ޑޮކްލޭންޑަށް ދިން މައްސަލަ ސީރިއަސްކޮށް ބަލައި މިކަމުން ނާޖާއިޒު ފައިދާ ހޯދައިދިން އަދި ލިބުނުމީހުން ޤާނޫނާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒު އަލީ ހުސައިން ވެސް ވަނީ އިއްޔެގެ ވަގުތެއްގައި އޭނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައެވެ.  

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެފަހަރު ސަރުކާރުން ވަނީ އެ ކުންފުންޏަށް ދެ ފަޅު ދީފައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ޑަޗް ޑޮކްލޭންޑާއި އެކު ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ.

މި ފަހަރު ވެސް ސަރުކާރުން ވަނީ އެ ކުންފުންޏަށް ތިން ފަޅު ހިލޭ ދީފައި ކަމަށް މިނޫހަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

ރިއެކްޝަންސް
1
0
1
1
0
0
10