އެންޒައިޓީއަށް ފަރުވާ ލިބިދާނެ ބައެއް ކާނާ
28 ޖުލައި 2022 - 14:45
އެންޒައަޓީ ޑިސްއޯޑާ އަކީ ނަފްސާނީ ބައްޔެކެވެ. އަދި އެންޒައަޓީ ޑިސްއޯޑާއެއް ހުންނަ ނަމަ އަދައިގެ ދިރިއުޅުމެއް ވޭތު ކުރަން އުދަނގޫ ވެއެވެ. މި ޑިސްއޯޑާގެ ވައްތަރުތަކުގެ ތެރެގައި ޕެނިކް ޑިސްއޯޑާ އަދި ސޯޝަލް އެންޒައެޓީ ޑިސްއޯޑާ، ސްޕެސިފިކް ފޯބިއާސް ގެ އިތުރުން ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ ހިމެނެ އެވެ.
އެންޒައިޓީ ހުންނަ މީހުންގެ އަދަދު މިހާރު ކަންބޮޑުވާންޖެހޭ މިންވަރަށް ދަނީ އިތުރުވަމުންނެވެ. އެންޒައިޓީއަށް ބޭސްކޮށް ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ގިނައެވެ. އެންޒައިޓީގެ ސަބަބުން މީހާއަށް ކަންބޮޑުވުމާއި ހާސްކަން މެދުވެރިވެއެވެ. މިކަމަށް ލުއި ހޯދުމަށް ގިނަ ބަޔަކު ޑޮކްޓަރުގެ ބޭސްވެސް ބޭނުންކުރެއެވެ. ނަމަވެސް ޑޮކްޓަރީ ބޭހާއި ނުލާ ބައެއް ކާނާގެ ސަބަބުން އެންޒައިޓީއަށް ލުއި ހޯދިދާނެއެވެ. އެގޮތުން ބައެއް ކާނާ ހިމަނާލާނަމެވެ.
ރީނދޫ
ބައެއް ދިރާސާއިން ދައްކާގޮތުގައި އެންޒައިޓީ ހުންނަ މީހުންނަށް ރީނދުލުން ފަރުވާ ހޯދިދާނެއެވެ. ރީނދޫގައި އެކުލެވޭ އެންޓި-އޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ މާއްދާތަކަކީ ސިކުނޑީގައި ހުންނަ ސްޓްރެސްއާ ގުޅުން ހުރި ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ޑާކް ޗޮކްލެޓް
ޗޮކްލެޓަކީ ގިނަ މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އެހެންކަމުން އެންޒައިޓީ ހުންނަނަމަ ޑާކް ޗޮކްލެޓް ކެއުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. ޑާކް ޗޮކްލެޓްގެ ސަބަބުން ސްޓްރެސްވުމުން ދުރުކޮށްދެއެވެ. އެހެންކަމުން މިއީ އެންޒައިޓީއަށް ފަރުވާ ހޯދުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ޔޯގަޓް
ޔޯގަޓްއަކީ ވަރަށް ގިނަ ކަންކަމަށް ފަރުވާ ލިއްބައިދޭ އެއްޗެކެވެ. އޭގެތެރެއިން އެއްކަމަކީ އެންޒައިޓީއެވެ. ޔޯގަޓްއަކީ ހާސްވުމުން ދުރުކޮށްދޭ އެއްޗެއްކަމަށް ހޯދުންތަކުން ވަނީ ދައްކާފައެވެ. އެހެންކަމުން އެންޒައިޓީއަށް ބޭހާއި ނުލާ ފަރުވާ ހޯދުމަށް ކެއުމުގައި ޔޯގަޓް ހިމެނިދާނެއެވެ.