ނިދަން އުނދަގޫނަމަ ބޯލަން ރަނގަޅު ބުއިންތައް

2 އޯގަސްޓް 2022 - 14:04

ނިދަން އެނދަށް އަރައި އެތައް އިރެއްވާއިރުވެސް ނުނިދުމަކީ ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. އާންމުގޮތެއްގައި މިހެން ދިމާވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަތަައް ހުންނަ ގޮތުގެ ސަބަބުންނެވެ. ދުވާލުގެ ވަގުތުގައި ނިދި ދުރުކުރާފަދަ ކެއުމާއި ބުއިންތައް ބޭނުންކުރުމާއި އަދި މީހާ މާބޮޑަށް ސްޓެރެސްވާ ކަންކަން މެދުވެރިވެ ކަންކަމާއި ވިސްނާނަމަ ރޭގަނޑު ނިދަން އުނދަގޫވެއެވެ. އެހެންކަމުން މި ބަލާލަނީ ރޭގަނޑު ނިދަން އުނދަގޫވާނަމަ ނިދަން އޮށޯތުމުގެ ކުރިން ބޮވިދާނެ ބައެއް ބުއިންތަކަށެވެ.

ކިރު

ނިދުމުގެ ކުރިން ކިރުތައްޓެއް ބޯލުމަކީ ނިދަން ފަސޭހަވާނެކަމެކެވެ. ސަބަބަކީ ކިރުގައި ޓްރެޕްޓޮފޭން އާއި ކެލްސިއަމް ހުންނާތީ އެވެ. ބޭނުންނަމަ ހޫނުކޮށްވެސް އަދި ފިނިކޮށްވެސް ކިރުތަށި ބޮވިދާނެއެވެ.

advertisement

މޭބިސްކަދުރު ޖޫސް

ނިދަން އޮށޯތުމުގެ ކުރިން ކުޑަ ތައްޓެއްގެ މޭބިސްކަދުރު ޖޫސް ބުއިމުން ނިދަން ފަސޭހަވެ އެވެ. އަދި ސަރުބީ ވިރުވުމަށް ވަރަށް ބޮޑު އެހީއަކަށްވެ އެވެ. ސައިންސްވެރިން ބުނެފައި ވަނީ ކާބޮހައިޑްރޭޓްސް ހުންނަ އާދައިގެ ޖޫސް ބޭނުންކުރުމުގެ ސަބަބުން ރޭގަނޑު ހަށިގަނޑުގައި އިންސިއުލިން އުފައްދާ ބޭރުކުރާ މިންވަރު އިތުރުވުމަކީ ހަށިގަނޑުގެ ސާކޭޑިއަން ރިދަމް ރެގިއުލޭޓްވާ ކަމެއްކަމަށެވެ.

ކެމޮމައިލް ސައި

ނިދަން އޮށޯތުމުގެ ކުރިން ކެމޮމައިލް ސައި ތައްޓެއް ބޯލުމުން ހަށިގަނޑުގައި ގްލައިސީން ލެވެލް ހުންނަ ވަރު މަތިވެ އެވެ. ގްލައިސީންގެ ސަބަބުން ނާރުތަކަށް އަރާމު ލިއްބައިދެ އެވެ. އަދި ނިދީގެ އަސަރު މީހާއަށް ކުރުވައެވެ.

ކެމޮމައިލް ސައިގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލު ގެނުވައެވެ. އެގޮތުންް ހަށިގަނޑު ފިނިވެ އަރާމު ނިންޖަކަށް މަގުފަހިވެ އެވެ.

ސޯޔާ ޕްރޮޓީން ޝޭކް

ސޯޔާ ކިރު ނުވަތަ ޕްރޮޓީން ޕައުޑާ ގޮތަށް ހުންނަ ބުއިންތަކަކީ ވެސް އެމިނޯ އެސިޑާއި ޓްރެޕްޓޮފޭން ގިނަ އެއްޗެކެވެ. މި ބުއިމުގެ ސަބަބުން ނިދި އަންނަން މެދުވެރިވާ މެލަޓޯނިން އުފައްދަން އެހީތެރިވެދެ އެވެ. އަދި ނިދަން ފަސޭހަވުމުގެ އިތުރުން ޓްރެޕްޓޮފޭން އަކީ ކޯޓިސޯލް ލެވެލް ދަށްކޮށްދިނުމަށާއި ބަނޑުހައި ހުންނަ ސަރުބީ ވިރުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ނިދަން އޮތޯތުމުގެ ކުރިން ނުވަތަ ނިދަން ކައިރިކޮށްފައި ކެފެއިން އެކުލެވޭ ބުއިންތަކާއި އަދި އެނަރޖީ ޑްރިންކްތައް ބުއިމުން ދުރުވުމަކީވެސް އަރާމު ނިންޖަކަށް ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
5
1
0
0
0
0
0