މާލީގޮތުން ކުރާ އަނިޔާ ދެނެގަންނާނީ ކިހިނެތް؟

3 އޯގަސްޓް 2022 - 11:05

ގެވެށި އަނިޔާގެ މައްސަލަތަކުގެ %99 ފަހަރު އެ ކަމެއްގައި ފައިނޭންޝިއަލް އެބިއުސް ނުވަތަ މާލީގޮތުން އަނިޔާކުރުން ނުވަތަ ދަތިކުރުމުގެ ކަންތައްތައް ހިމެނެއެވެ. ނަމަވެސް މިއީ ބައެއް ފަަހަރު އެހާބޮޑަށް މީހުންނަށް މިކަމާއި ގުޅޭގޮތުން ވާހަކަނުދެއްކި އަދި ހޭލުންެތެރިކަން މަދު ކަމެކެވެ.

ފައިނޭންޝިއަލް އެބިއުސްއަކީ ކޮބާ؟

ފައިނޭންޝިއަލް އެބިއުސްއަކީ ގުޅުމެއްގައި 2 މީހުން ތެރެއިން އެކަކު މާލީގޮތުން އަނެކަކު ފިއްތާލާފައި ބެހެއްޓުމެވެ. ނުވަތަ މާލީގޮތުން ބިރުދެއްކުމެވެ. ފައިނޭންޝިއަލް އެބިއުސްގައި ގޭތެރޭގެ ހަރަދު ބެލެހެއްޓުމަށް އެކަކު ކޮންޓްރޯލް ނަގައެވެ. އަދި ގޭތެރޭގެ ހަރަދު ބެލެހެއްޓުމަށް ފައިސާ ހޭދަކުރާ ގޮތާއި ގުޅޭގޮތުން އަނެކަމަށް އޮޅުވާލާ އޭނާ އަތުން ފައިސާ އަތުލައެވެ. ފައިނޭންޝިއަލް އެބިއުސްއަށް އިކޮނޮމިކް އެބިއުސްއޭވެސް ކިޔައެވެ.

advertisement

ފައިނޭންޝިއަލް އެބިއުސްގެ އަލާމާތްތަކަކީ ކޮބާ؟

  • ގޭތެރޭގެ ހަރަދުތައް ކޮންޓްރޯލް ކުރުން
  • ފައިސާ ހަރަދުކުރާ ގޮތް ބައިވެރިޔާއަށް އޮޅުވާލުން
  • ބައިވެރިޔާއަށް ވަޒީފާއަށް ދިއުން ނުވަތަ އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ހުރަސްއެޅުން. އޭގެ ސަބަބުން ފައިނޭންޝިއަލް އެބިއުސް ކުރަން ފަސޭހަވެގެންދެއެވެ.
  • ބައިވެރިޔާއަށް އޭނާގެ ކަންކަން ކުރުމަށް ފައިސާ ނުދިނުން
  • ބައިވެރިޔާއަށް އޮޅުވާލައިގެން އޭނާގެ ފައިސާ ބޭނުންކުރުން
  • ބައިވެރިޔާގެ ނަމުގައި އޭނާއަށް ނޭންގި ފައިސާތަކެއް ނެގުން
  • ދަރިންނަށް ހަރަދުކުރުމަށް ދެކޮޅުހެދުން

ފައިނޭންޝިއަލް އެބިއުސް ލިބިފައިވާ މީހަކަށް މިކަމުން އަރައިގަތުމަކީ ބައެއް ފަހަރު ވަރަށް އުނދަގޫ ކަމަކަށްވެސް ވެއެވެ. އަދި އެ ގުޅުމެއް ނިމުމަށްފަހުގައިވެސް މިކަމުގައި އުޅެންޖެހޭ ފަހަރުތައް އާދެއެވެ. މިފަދަ މީހުން މިކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

  • ބައިވެރިޔާ ތިމާގެ އަތުން ނެގި ފައިސާ ހޯދައި އަލުން ހުރި ހިސާބަށް ދިއުމަށް ގިނަ ވަގުތު ނަގާފާނެއެވެ. ނަމަވެސް އެ ހިސާބަށް އަލުން އަނބުރާ ދިއުމަކީ ނުވާނެ ކަމެއްކަމަށް ހީނުކުރާށެވެ.
  • އެހެންމީހުންގެ އެހީތެރިކަން ހޯދުމަކީ މިކަމުން އަރައިގަތުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމެވެ. އިތުބާރު ކުރެވޭ ގާތް ރަހުމަތްތެރިންނާއި އާއިލާގެ އެހީތެރިކަން ހޯދާށެވެ.
  • ބޭނުންވެއްޖެ ހާލަތެއްގައި ތެރަޕީ ނެގުމަކީވެސް ހަމަ އެންމެ ރަނގަޅު އެއް ގޮތެވެ.
ރިއެކްޝަންސް
0
0
0
0
0
0
0