މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 އޯގަސްޓް 2022 - 18:09

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

advertisement

މިތަކެތި ނައްތާލާފައިވަނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައެވެ.

ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މިގޮތުން، 46,466 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 76.09 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 16 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރ ށ.ޅައިމަގު ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފި

މިނިސްޓަރ އާމިނަތު ޝައުނާ ށ.ޅައިމަގު ކައުންސިލާއި މިއަދު ބައްދަލުކުރައްވައި އެރަށަށް ދިމާވެފައިވާ ކުނީގެމައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ނ.ފޮއްދޫ ސްކޫލުގައި އިތުރު 04 ކްލާސްރޫމެއް އިމާރާތް ކުރަނީ

ނ.ފޮއްދޫ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ 4,753,918.54ރ އަށް، 110 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ

ރިއެކްޝަންސް
0
0
0
0
0
0
0