މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
4 އޯގަސްޓް 2022 - 17:10
ރައީސުލްޖުމްހޫރިއްޔާ މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ޒިޔާރަތް ކުރައްވައިފި https://t.co/QjIS41YqpE— The President's Office (@presidencymv) August 4, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ)އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މިޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއަރމަން ސަންޖޭ ސެތީ ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ވަފުދަށް، އެބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަޞީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތު ދެއްވާފައެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިނގާ މުހިއްމު ތަންތަަނަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަފުދުގެ ބޭފުޅުންނާއި އެކު ސަންޖޭ ސެތީ ވަޑައިގެންނެވިއެވެ.
ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 60 އިންސައްތަ ނިމިއްޖެ
Work on Ha. Hoarafushi Airport Shore Protection Project is well underway, with overall 60% project progress. We have completed construction of breakwater and existing groyne reprofiling works. Construction of revetment is ongoing.#MTCCProjects #RayyithungeKunfuni pic.twitter.com/ekHvWhHjH3— MTCC Plc (@MTCCPlc) August 4, 2022
ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތާއި މިހާރު ހުރި ގްރޮއިން ރީޕްރޮފައިލް ކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައި ކަމަށާއި މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން، ހއ. ހޯރަފުށީގެ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 90.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި
ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި.
އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 19 އިން 22 އަށް. pic.twitter.com/JSQrrgVViZ— Min.of National Planning, Housing & Infrastructure (@MoNPHImv) August 4, 2022
ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވި އެވެ. އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 19 އިން 22 އަށެވެ.
ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. އެގޮތުން، ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ އެވެ RO ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށް ޓެސްޓުކޮށްފައި.
އދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ހާލުދެރަ ބަލި ކުއްޖަކާއި ދެ މީހަކު މާލެ ގެނެސްފި
އދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ހާލުދެރަ ބަލި ކުއްޖަކާއި ދެ މީހަކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި މިއަދު 13:04 ހާއިރު މާލެ ގެނެސްދީފި.https://t.co/I1WS6uRbIZ pic.twitter.com/8ag37IOXqi— Maldives National Defence Force (@MNDF_Official) August 4, 2022
އދ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ހާލުދެރަ ބަލި ކުއްޖަކާއި ދެ މީހަކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސީއެމްބިއުލާންސްގައި މިއަދު 13:04 ހާއިރު މާލެ ގެނެސްދީފި ކަމަށް އެމްއެންޑީއެފް މައުލޫމާތުދެއްވައިފި އެވެ.
ކުރިއަށްއޮތް ދެތިން މަސްތެރޭ އެސްއެމްއީ ހަބް ހުޅުވަނީ
Kiosks for SME retail businesses at SME Hub. pic.twitter.com/QJBLqZcbz3— Business Center Corporation (@BCC_mv) April 21, 2022
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބް ކުރިއަށްއޮތް ދެތިންމަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.