މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
7 އޯގަސްޓް 2022 - 18:35
ދިރާސީ އައު އަހަރު ހިތް ހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސް އިލްތިމާސްކުރައްވައިފި
Today, President @ibusolih visited Aminiya School to attend the special assembly held there to mark the beginning of the Academic Year 2022-2023. Addressing the students, he urged them to take on the new academic year with enthusiasm and a renewed resolve for success. pic.twitter.com/3Tb1Y1zolN— The President's Office (@presidencymv) August 7, 2022
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްކޫލްތަކުގެ ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިދިޔައަހަރު ތަޢުލީމީ ދާއިރާއަށް ރައީސް އިޢުލާނު ކުރެއްވި ގިނަ ކަންތައްތައް ވަނީ ފުރިހަމަކުރެވިފައި: ނައިބު ރައީސް
މިދިޔައަހަރު ތަޢުލީމީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި ގިނަ ކަންތައްތައް ވަނީ ފުރިހަމަކުރެވިފައި- ރައީސުލްޖުމްހޫރިއްޔާގެ ނައިބު https://t.co/SoL7IkBzQU— The President's Office (@presidencymv) August 7, 2022
މިދިޔައަހަރުގެ ދިރާސީ އަހަރު ފެށުނު ދުވަހު، ތަޢުލީމީދާއިރާއަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ކަންތައްތަކުގެ ތެރެއިން ގިނަކަންތައްތަކެއް މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ވަނީ ފުރިހަމަކުރެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގެ މެންދުރުފަހުގެ ދަންފަޅީގައި ބޭއްވި، ޚާއްޞަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ކުރިއަށް
Second shipment of rock boulders required for Lh. Felivaru Land Reclamation and Harbor Development Project have been delivered to the project site. Quay wall concrete works are currently ongoing. #MTCCProjects #RayyithungeKunfuni pic.twitter.com/Qd2ORPA8sQ— MTCC Plc (@MTCCPlc) August 7, 2022
ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މިވަގުތު ކުރެވެމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ސްކޭމް މައްސަލަތައް އިތުރުވަނީ: ޕޮލިސް
ސްކޭމް މައްސަލަތައް އިތުރުވަނީ – ޖީމެއިލް އައިޑީ އާއި އެއާއި ގުޅިގެން ފޯނަށް އަންނަ މެސެޖު އެއްވެސް ފަރާތަކާ ހިއްސާނުކުރައްވާhttps://t.co/pe3vtWF71k pic.twitter.com/zp39wRE94V— Maldives Police (@PoliceMv) August 7, 2022
ސްކޭމް މައްސަލަތައް އިތުރުވުމށއި ގުޅިގެން، ޖީމެއިލް އައިޑީ އާއި އެއާއި ގުޅިގެން ފޯނަށް އަންނަ މެސެޖު އެއްވެސް ފަރާތަކާ ހިއްސާނުކުރެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައިފި އެވެ.
މުޅިއަކު 19 ސްކޫލެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިހާރު ކުރެވެމުން އެބަދޭ
ތައުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން: pic.twitter.com/XxPaa2q98C— Government of Maldives (@governmentmv) August 7, 2022
ތައުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުޅިއަކު 19 ސްކޫލެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިހާރު ކުރެވެމުން އެބަދޭކަމަށް ދައުލަތުން މައުލޫމާތުދެއްވަ އެވެ.