ކިޔެވުމަށް އެހީވުމަށް މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ހެނދުނުގެ ނާސްތާ ދިނުން

8 އޯގަސްޓް 2022 - 8:50

ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ނާސްތާއެވެ. ހޯދުންތަކުން ދައްކާގޮތުގައި ހެނދުގެ ނާސްތާ ނަގައިގެން ސްކޫލަށްދާ ކުދިންނަށް ސްކޫލްގެ ކަންކަމަށް ސަމާލުކަންދެވޭ މިންވަރު އިތުރުކަމަށް ހޯދުންތަކުން ދައްކައެވެ.

2011 އަދި 2012 ވަނަ އަހަރު ލީޑްސް ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއެއްގައި މިކަން ވަނީ ހާމަވެފައެވެ. މި ދިރާސާ ކުރުމަށް 16 އަހަރާއި 18 އަހަރުގެ 311 ކުދިން ވަނީ ބައިވެރިކޮށްފައެވެ.

advertisement

މި ދިރާސާގައި ބައިވެރިވި ކުދިންނަށް ހެނދުނުގެ ނާސްތާ ދޭގޮތް ވަނީ 3 ގޮތަކަށް ބަހާލާފައެވެ. އޭގެތެރޭގައި:

  • ހަފްތާއަކު 1 ދުވަހު ނާސްތާ ދިނުން
  • ހަފްތާއަކު 2 ދުވަސް ނުވަތަ 3 ދުވަހު ހެނދުނުގެ ނާސްތާ ދިނުން
  • 4 ނުވަތަ 5 ދުވަހު ހެނދުނުގެ ނާސްތާ ދިނުން

މި ދިރާސާގައި ވަނީ 227 އަންހެން ކުދިންނާއި 67 ފިރެހެން ކުދިން ބައިވެރިކޮށްފައެވެ. މި ދިރާސާގައި ވަނީ ކުދިންގެ ހިސާބު އަދި އިނގިރޭސި ޓެސްޓުގެ ނަތީޖާ ބަލާފައެވެ.

ހޯދުމުން ފެނުނީ ކިހިނެތް؟

މި ހޯދުމުން ދައްކާގޮތުގައި 4 ދުވަހުން ނުވަތަ 5 ދުވަހުން ހެނދުނުގެ ނާސްތާނެގި ކުދިންނާއި އަޅާބަލާއިރު ހަފްތާއަކު 1 ދުވަހު ހެނދުނުގެ ނާސްތާ ނަގައިގެން ސްކޫލަށް ދިޔަ ކުދިންގެ މާކްސް ވަނީ 10.25 ޕޮއިންޓް ދަށްވެފައެވެ.

ރިއެކްޝަންސް
0
0
1
0
1
0
0