ތުއްތުކުދިން ކުއްލިއަކަށް މަރުވުން — މިހެން ވަނީ ކީއްވެ؟

8 އޯގަސްޓް 2022 - 9:25

ސަޑެން އިންފެންޓް ޑެތް ސިންޑްރޯމް (އެސްއައިޑީސީ) ނުވަތަ ކުއްލިއަކަށް ކުޑަކުދިން މަރުވުމުގެ ސިންޑްރޯމްއަކީ ކުއްލިއަކަށް އެއް އަހަރުން ދަށުގެ ތުއްތު ކުދިން މަރުވުމެވެ. އެސްއައިޑީސީ މަރު އާންމު ގޮތެއްގައި ވަނީ ނިދާފައި އޮއްވައެވެ. އެހެންކަމުން މިބާވަތުގެ މަރަށް “ކްރިބް ޑެތް” އޭވެސް ކިޔާއުޅެއެވެ.

މިއީ ހުއްޓުވިދާނެ ކަމެއްތަ؟

މިކަމާއި ގުޅޭގޮތުން އަހަރުތަކެއް ވަންދެން ވަނީ ހޯދުންތައް ހޯދާފައެވެ. މިއީ ހުއްޓުވިދާނެ ކަމެއްތޯ އުފެދޭ ސުވާލަށް ފުރިހަމައަށް ޖަވާބެއް ނުލިބުނު ނަމަވެސް މިކަން މަދުކުރުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުރިކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުޑަކުދިން ބަނޑުވަތައް ނިދާފައި ބޭއްވުން ހުއްޓުވަން ޖެހެއެވެ. އޭގެބަދަލުގައި ބަނޑު މައްޗަށް ބުރަކަށި ތިރިއަށް ވާގޮތައް ނިންދަވާފައި ބޭއްވުމުން މިގޮތައް މަރުވާ ކުޑަކުދިންގެ އަަދަދު މަދުކުރެވިދާނެއެވެ.

advertisement

މިކަމުގެ ނުރައްކަލުގައި ވަނީ ކޮން ކުދިންނެއް؟

އާންމުގޮތެއްގައި މިފަދަ މަރުތަކުގައި މަރުވަނީ އުމުރުން 1 މަހާއި 4 މަހުގެ ކުދިންނެވެ. މިގޮތައް މަރުވުން ގާތް ކުޑަކުދިންގެ ތެރޭގައި ހިމެނެނީ:

  • މާބަނޑުއިރު އަދި ވިހެއުމަށް ފަހުގައިވެސް ސިނގިރޭޓުބޯ، އަދި މަސްތުވާތަކެތި ބޭނުންކުރާ މައިންގެ ދަރިން
  • ޕްރިނޭޓަލް ކެއަށް ދަށް އަންހެނުންގެ ދަރިން
  • ވިހާއިރު މާބޮޑަށްވެސް ބަރުދަން ލުއި ކުދިން
  • އާއިލާގައި މިގޮތައް މަރުވާ ކުދިން ގިނަ އާއިލާތަކުގެ ކުދިން
  • ވިހާއިރު މައިމީހާގެ އުމުރުން 20 އަހަރަށްވުރެ އުމުރުން ހަގު މީހުންގެ ދަރިން
  • މާބޮޑަށް ހޫނު ސަރަހައްދުތަކުގައި އުޅޭ ކުދިން
  • މަޑު ތަންތަނުގައި ނިދާ ކުދިން
  • މަންމައާއި ބައްފަގެ ކައިރީ އެއް އެނދެއްގައި ނިދާ ކުދިން
ރިއެކްޝަންސް
0
0
1
2
0
0
0