ރާއްޖޭގެ ޒުވާނުންގެ އާބާދީގައި ގިނައީ ބިދޭސީން

14 އޯގަސްޓް 2022 - 11:48

ރާއްޖޭގެ ޒުވާނުންގެ އާބާދީގައި ގިނައީ ބިދޭސީންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 579،330 އެވެ.

މީގެތެރެއިން %14 އަކީ ޒުވާނުންނެވެ. އެއީ 258،923 އެވެ. ޒުވާނުންކަމަށް ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނެވެ. އުމުރުން 15 އަހަރާއި 24 އަހަރުގެ މީހުންގެ އާބާދީއަކީ 97،039 އެވެ.

advertisement

މި ތަފާސްހިސާބުތައް ދައްކާގޮތުން ޒުވާނުންގެ އާބާދީގައި ރާއްޖޭގައި ދިވެހިންނަށްވުރެ ބިދޭސީން ގިނައެވެ. އެގޮތުން ޒުވާނުންގެ އާބާދީގެ %53 އަކީ ބިދޭސީންނެވެ. އަދި ދިވެހިންގެ ނިސްބަތް އުޅެނީ އެންމެ %47 ގައެވެ.

ރާއްޖޭގައި ޒުވާނުންގެ އާބާދީ މަދުއިރު ރާއްޖޭގައި އާބާދީ އިތުރުނުވާކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. އަހަރުން އަހަރަށް އުފަންވާ ކުދިންގެ ނިސްބަތް ނިސްބަތުން ރާއްޖޭގައި އުޅެނީ ވަރަށް ދަށްކޮށެވެ. މިއުމުރުފުރާ އަކީ ހަގީގަތުގައި އިގްތިސާދީ ދުވެއްޔަށް ހިދުމަތްކުރަން ޖެހޭ މީހުން ކަމުން، ބިދޭސީންގެ ހިދުމަތް މިކަމަށް ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 177000 އަށްވުރެ ގިނަ މަސައްކަތްތެރިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. އެއީ %63 އެވެ. 2 ވަނައަށް އެންމެ ގިނައިން ރާއްޖޭގައި މަސައްކަތްކުރަނީ އިންޑިއާ މީހުންނެވެ. އެއީ %16 އެވެ. 3 ވަނައިގައި އުޅެނީ ސްރީލަންކާއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ ޖީލުތަކުގެ މެދުގައި އެއްބައިވަންތަކަން މިއެވެ.

ރިއެކްޝަންސް
0
1
0
0
1
0
0