މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

15 އޯގަސްޓް 2022 - 18:42

ރައީސުލްޖުމްހޫރިއްޔާ ށ. ފީވަކު ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެެވެ. މިބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އެރަށް ޢުމުރާނީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އަދި، އިޖުތިމާޢީ ގޮތުން ތަރައްޤީވާން ފަށާފައި ވަނީ މިސަރުކާރުގެ މިފާއިތުވި 4 އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

advertisement

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުން

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށްވުރެ އިތުރު ފަހިގޮތްތައް ކުރިޔަށް އޮތްތަނުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021(ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާގުޅީ ފަރަށް އެރި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ވ. މާގުޅީ ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެމްއެންޑީއެފުން ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންނަށް “ވީކެންޑް ވިތު އެމްއެންޑީއެފް” ބާއްވައިފި

ޑިފެންސް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތުގެ މާހައުލުން ބޭރުވެލައި މަޖާ މާހައުލެއްގައި ލައިފްސްކިލްގެ ބައެއް ހުނަރުތައް ދަސްކުރުމާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންނަށް “ވީކެންޑް ވިތު އެމްއެންޑީއެފް” ޕްރޮގްރާމެއް ހިންގައިފިއެވެ.

ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ

ރާއްޖެ އަށް މިއަދު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމުގައިވާ ޑެނިއެލާ ކިލްނަރޯވާއެވެ. އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވަނީ ހާއްސަ މަރުހަބާއެއް ކިޔައިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0