އަނިޔާވެރިގޮތަކަށް މަރާލި އަންހެން މީހާގެ ފޮޓޯތަކެއް ކަމަށް ދައުރު ކުރާ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ނޫން: ފުލުހުން

16 އޯގަސްޓް 2022 - 14:19

މިދިޔަ ހަފްތާ ހޮނޮހިރު ދުވަހު މާލޭގެ ހ. ޝީރީންވިލާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަންހެންމީހާގެ ހަށިގަނޑުގެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ. 

އަނިޔާވެރިކޮށް މަރާލައި ބޮލާއި ހަތަރަސްފައި ބުރިކޮށްލާފައި އޮތް ހަށިގަނޑުގެ ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ކްރައިމް ސީން އަށް ފުލުހުންނަށް ވުރެ ކުރިން އަދި ފަހުން އެހެން ބަޔަކަށް ވަދެވިފައި ނުވާ ކަމަށް ބެލެވޭތީ އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވި އެއްޗެއް ކަމަށް ވަނީ ބެލެވިފައެވެ. އަދި ބައެއް މީޑިއާތަކުން އެގޮތަށް ރިޕޯޓުވެސް ކުރިއެވެ. 

advertisement

މީގެ އިތުރުން އެ ފޮޓޯތަކަކީ އަސްލު ފޮޓޯތަކެއް ކަމާމެދު ގިނަ މީހުން އަންނަނީ ޝައްކު ކުރަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށާއި، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. 

މީގެ އިތުރަށް އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

އުމުރުން 22 އަހަރުގެ އަންހެންމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފަހު މިހާރު ވަނީ ރާއްޖެ ގެނަސް ވަޅުލާފައެވެ. އަދި ޖަނާޒާ ބާއްވާފައި ވަނީ އޭނާގެ އުފަން ރަށް ފުވައްމުލަކުގައެވެ. 

މި މައްސަލާގައި މިހާތަނަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ އެންމެ މީހެކެވެ. އެއީ މަޝްހޫރު ސްކޭޓަރ އަލީ ޝާހިލްއެވެ. ޝާހިލް ހައްޔަރުުކުރީ ސީދާ ކުށުގެ ވެށިންނެވެ. އެނގިފައިވާގޮތުގައި ފުލުހުން އޭނާ ހައްޔަރުކުރި އިރު އޭނާ ހުރީ ހ. ޝީރީންވިލާގައިއި ލެއިން ތަތްތެޅިފައި ހުއްޓައެވެ. އޭގެ ފަހުން ފުލުހުން ބުނިގޮތުގައި އެ އެޕާޓްމަންޓަކީ ޝާހިލް ދިރިއުޅޭ ތަނެވެ. އަދި ހައްޔަރުކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް

ރިއެކްޝަންސް
1
0
0
6
0
0
0