މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
16 އޯގަސްޓް 2022 - 15:44
ސިއްޙީ ޚިދުމަތްދޭ ތަންތަން އެކްރެޑިޓްކުރާ މިންގަނޑާ ބެހޭ މަޝްވަރާކުރަނީ
Discussions held on the plans ahead and the challenges in healthcare service quality improvement. Minister highlighted the need to focus on adapting standards to the local context in order to increase efficiency and provide better outcomes. pic.twitter.com/Ye2lGDliwl— Ministry of Health (@MoHmv) August 15, 2022
ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ވަޒަންކުރާ މިންގަނޑު ހަރުދަނާކުރުމާ ގުޅޭގޮތުން ސިންގަޕޫރުގެ “ސިންގްހެލްތް” އިންސްޓިޓިއުޓާއެކު މިނިސްޓްރީ އޮފް ހެލްތުން ބައްދަލުކޮށްފިއެވެ.
ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ނޫން: ފުލުހުން
އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ.— Maldives Police (@PoliceMv) August 16, 2022
މިދިޔަ ހަފްތާ ހޮނޮހިރު ދުވަހު މާލޭގެ ހ. ޝީރީންވިލާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަންހެންމީހާގެ ހަށިގަނޑުގެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
ލ.ގަމުން ހާލުބޮޑުވި ބަލިމީހަކު މާލެ ގެނެސްފި
A medical evacuation of a 71-year-old male in critical condition has been carried out from L. Gan Regional Hospital to Male' City by MNDF Central Area Command via MNDF Helicopter last night at 22:36hrs.https://t.co/8q2O6iquKZ pic.twitter.com/HZj6Me12Bu— Maldives National Defence Force (@MNDF_Official) August 15, 2022
ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ވަނީ މާލެ ގެނެސްދީފިއެވެ.
ހިޔާ ފްލެޓް އެޗް 10ގައި ޔޫތް ސެންޓަރެއް ހުޅުވައިފި
ހިޔާ ސަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ހާއްސަ ކޮށްގެން ޔޫތް މިނިސްޓްރީގެ ފަރާތަުން އެޗް 10ގައި ޔޫތް ސެންޓަރެއް ހުޅުއްވާދެއްވާފައި.#mageyhiya pic.twitter.com/xL4Nup1n3J— HDC (@hdcmaldives) August 15, 2022
ޔާ ސަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ހާއްސަ ކޮށްގެން ޔޫތް މިނިސްޓްރީގެ ފަރާތަުން އެޗް 10ގައި ޔޫތް ސެންޓަރެއް ހުޅުއްވާދެއްވައިފި އެވެ.
ދަރަނި މެނޭޖުކުރަން ދެ އެނަލިސްޓުން ހޯދަނީ
ރާއްޖޭގެ ދަރަނި ބަހަލައްޓާ ފިނޭންސް މިނިސްޓްރީގެ ޑިޕާޓްމަންޓަށް ދެ ދަރަނި އެނިލިސްޓުން ހޯދަން ފަށައިފި އެވެ.